ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ޕާޓުނަރަކަށް ވީތީ ސިޔާމް ސަރުކާރަށް ފާޑުނުކިޔަސް، އަޅުގަނޑު ކިޔާނަން: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ޕާޓުނަރަކަށް ވީތީ އެމްޑިއޭގެ ރައީސް އަހްމަދު ސިޔާމް ސަރުކާރަށް ފާޑުވިދާޅުނުވިނަމަވެސް ސަރުކާރު ކޯލިޝަންގައި ހުންނަވައިގެން ފާޑުވިދާޅުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސިޔާމުގެ އުފަން އަތޮޅު ނ. ޅޮހީގައި  ބޭއްވި ޖޭޕީގެ ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ސިޔާމް އަބަދުވެސް ހުންނަވާނީ އެ އިރެއްގައި ވެރިކަން ކުރާ ސަރުކާރަކާއި އެކު ކަމަށާއި، ނަމަވެސް ސަރުކާރު ބަދަލްވާއިރަށް އެބަޔަކާއި ފޭއަށް ޖެހިވަޑައިގެން އަނެއްކާވެސް ދެން އަންނަ ބަޔަކާއި އަނެއްކާވެސް ގުޅިވަޑައިގަންނަވާނެކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނަކީ އެއާއި ހިލާފަށް ކޯލިޝަން ހަދައިގެން އަންނަ ސަރުކާރަކަށް ވިޔަސް ސަރުކާރުން ގޯހެއް ހަދަންޏާ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ހައްގުގަ ނިކުމެ އަޑުއުފުލާ މީހެއްކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ގަބު ވިސްނުމަކީ އެއީ، އެމަނިކުފާނުގެ (ސިޔާމް)ގެ ތޫނުފިލި ވިސްނުންފުޅަކީ އެއީ. މި ތަފާތި ހާހަކާއި ސުމަކާއި ދޭތެރޭ ހުރި ތަފާތު. އެހެން ނަމަވެސް އަޅުގަނޑަަށް ކަށަވަރު އެމަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑާއި މެދުގަ އެއްވެސް ޝައްކެތް ނޯންނެކަން. އަޅުގަނޑު އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެކަން ޒާތީ ގޮތުން އެއްވެސް ހަސަދައެއް ނުބާލާނެކަން. އަޅުގަނޑު މީހަކަށް ލިބިފަ އޮތް ނިއުމެއް ޖަހައި ނުގަންނާނެކަން ކުޑަވެސް ކަމެއް ނުކުރާނެކަން ސިޔާމްއަށް އިންގޭނެ.” ގާސިމް ވިދާޅުވިއެވެ.

ރާއީސް ޔާމީންގެ ސަރުކާރާއި އެކު ސިޔާމް ހުންނެވި އިރުވެސް ކަންތައްތައް ވެގެން ދިޔަ މަންޒަރު ފެނިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން މާފަރު އެއަރޕޯޓް 10 މިލިއަން ޑޮލަރެއް ގަނެފައި ވަނިކޮށް ރައީސް ޔާމީން އެދިވަޑައިގަންގެން އެ ޕްރޮޖެކްޓް ސަރުކާރަށް ރައީސް ޔާމީންނަށް ދެއްވިކަމަށް ވިދާޅުވިއެވެ. އެވާހަކަ ގާސިމް އަރިހުގައި ދެންނެވީވެސް ހުދު ސިޔާމްކަމުގައި ގާސިމް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ އަރިހުގައި ސިޔާމް މިވަގުތު ހުންނެވި ނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިހްތިރާމު އޮތީ އަޅުގަނޑަށް ކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ތާއިދުކުރައްވާ ހުރިހާ އެންމެންވެސް ވޯޓް ދެއްވާނީ ގާސިމްއަށްކަމަށް ގާސިމް ވިދާޅުވިއެވެ. ސިޔާމުގެ ސިއްރު ކޯޑަކުން އެމަނިކުފާނު އެކަން އަންގަވާނެކަމުގައި ގާސިމް ވިދާޅުވިއެވެ.

ސިޔާމާއި އެމްޑީއޭ މިވަގުތު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހްއާއި އެކު ކޯލިޝަން ބައިވެރިއެއްގެ ގޮތުގައެވެ. ޖޭޕީ އޮތީ މިހާރު ހިނގަމުންދާ ރައީސް ޞާލިހްގެ ވެރިކަމުގެ ދައުރަށް ހެދި ކޯލިޝަން ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: