ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގައި ހުރުމަށްފަހު މެމްބަރު ޝިޔާން އަލުން އެމްޑީޕީއާއި ގުޅިއްޖެ

މެމްބަރު ޝިޔާން އަދި ރައީސް ސާލިހު: ފޮޓޯ/ ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ވަކިވުމަށްފަހު، ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އެ ޕާޓީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރެއްވުމަށްފަހު، ޑިމޮކްރެެޓްސް އާއިއެކު މަސައްކަތްކުރައްވަމުންދިޔަ މެމްބަރު ޝިޔާން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ. އޭނާ ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއިއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވާފައެވެ.

ޝިޔާން ވިދާޅުވީ، އޭނާ އެމްޑީޕީ އާއި އަލުން ގުޅުނީ ނިސްބަތްވެވަޑައިގަންނަވާ ދާއިރާ އަދި މުޅި ރާއްޖޭގެވެސް ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ، ވިސްނުން ބަދަލުކުރެއްވީ އެ ސަބަބާއި ގުޅިގެންކަމަށާއި ތޮއްޑޫ ދާއިރާގެ ސާފު އަގުލަބިއްޔަތު ރައީސް ސާލިހަށް ލިބިވަޑައިގަންނަވާނެކަމަށެވެ. ޝިޔާން ވިދާޅުވީ، ރައީސް ސާލިށް އެއް ބުރުން އިންތިހާބު ކާމިޔާބުވެގެންދާނެކަމަށެވެ.

ޝިޔާން އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސްގައި ހުންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް ސާލިހު ދައުލަތުގެ މާލިއްޔާތުން ފައިސާ ނަންގަވައިގެން މަޖިލީސް މެމްބަރުންނާއި އެހެނިހެން މީހުނަށްވެސް ރިޝްވަތު ދެއްވަމުން ގެންދަވާކަމުގެ ތުހުމަތުތައް ކުރައްވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: