ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ނަސްލީ ތަފާތުކުރުން ގެންގުޅުމުން ރިޔާސަތުން ހުއްޓުވައިފި

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ވާހަކަ ދައްކަވަމުން ޗައިނާ ރައްޔިތުންނަށް އަމާޒުކޮށް ބޭއަދަބީ ގޮތަކުން ވާހަކަ ދެއްކުމުން ރިޔާސަތުން އެކަން ހުއްޓުވައިފިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން  ޗައިނާގެ “ލޯ ކުޑަ މީހުންނަށް” ދައްކަން އެއްޗެއް ގެނެސް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނުމުން ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހުއްޓުވާފައެވެ.

ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މިމަޖިލީހުގައި އެއްވެސް ގައުމެއްގެ، އެއްވެސް ނަސްލެއްގެ އެއްވެސް ބަޔެއްގެ ސިފަޔަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ބަސްމަގު ރަނގަޅު ކުރުމަށް ޝިޔާނަށް އިރުޝާދު ދީފައެވެ.

މިއަދުގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ހުށައަޅާފައިވާ މަޖާ ކުރާނެ ތަނެއް ހެދުމުގެ ބިލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: