ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުކުރަންވީ އިންކަމް ޓެކްސް: ޝިޔާން

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުކުރަންވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ނޫން ކަމަށާއި ޓެކްސް ބޮޑުކުރާނަމަ މުއްސަނދިން އަތުން ނަގާ އިންކަމް ޓެކްސް ބޮޑުކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގޮވާލައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ޖީއެސްޓީ ބޮޑުކުރުމާއި ބެހޭ ގޮތުން ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ކުރިއަށްދިޔަ ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ފާއިތުވި ތިން އަހަރަކީ ކޮވިޑް19 ގެ ސަބަބުން ރައްޔިތުން ވަރަށް ދަތިކޮށް އުޅެމުން ދިޔަ އަހަރުތަކެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތް މި ބަލިމަޑުކަމުގެ ސަބަބުން ހުއްޓުމަކަށް އައިކަން ފާހަގަކުުރަމުން ޝިޔާން ވިދާޅުވީ، އަދިވެސް ފަތުރުވެރިކަން އޮތީ އެ ހާލަތުން މުޅިން އަރައި ނުގަނެވި ކަމަށެވެ. މި ހާލަތުން މަޑުމަޑުން އަރައިގަނެ ފަތުރުވެރިކަމުގެ ސިނާއަތް ހިންދެމި ނުލެވެނީސް 2023 ވަނަ އަހަރުން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުވެގެން ދިއުމަކީ އެކަމުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝިޔާން ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސަރުކާރުގެ ފަރާތުން މިކަމުގައި ވިސްނާ ޓެކްސްގެ ގޮތުގާ ދައުލަތަށް ނުލިބި މިވާ ފައިސާ ވީއެންމެ އަވަހަކަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން. ހަމަ މިއާ އެކީގައި މުއްސަނދިން އަތުން ނަގާ އިންކަމް ޓެކްސް ނެގުމުގެ ޕަސެންޓު ބޮޑުކުރުމަށް މަޖިިލީހަށް އަނެއްކާވެސް ހުށަހަޅައިދިނުމަށް

ޝިޔާން އިތުރަށް ވިދާޅުވީ، ޖީއެސްޓީ ނެގުމުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި، އެގޮތުން ފިހާރަތަކުން ވިއްކާ މުދަލުގެ އަގު އުފުލި، މާލެ ސަރަހައްދުގެ ފިހާރަތަކުގެ ކުލި ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ގޭގޭގެ ކުލިވެސް އުފުލިގެން ދާނެ ކަމަށާއި، މިކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ ނިކަމެތި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: