ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީގައި ސަރުކާރުން މަކަރު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ: ޝިޔާން

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓް ފޮށިތައް ކައިރި ރަނގަޅަށް ބަލަހައްޓާ ދިނުމާއި ވޯޓްގައި ސަރުކާރަށް ވަގު ހެދުމުގެ ފުރުސަތު ނުދިނުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާ ކަން ހިއްސާ ކޮށް ޝިޔާން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވާދަކުރައްވަނީ ޕާޓީގެ ގްރާސް ރޫޓް މެމްބަރުންގެ އެދުމަށް ކަމަށެވެ.

ޕްރައިމަރީގައި ވޯޓް އޮޅުވާލަފާނެ ކަމުގެ ތުހުމަތު ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ.

 

މީގެ ކުރިންވެސް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދުގެ އަރިސް މެމްބަރުން ދަނީ ބުނަމުންނެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވަނީ އެމްޑީޕީގެ ދަފްތަރުން ގިނަ އަދަދެއްގެ ބައެއް އުނިކޮށްފައިވަނީ ސީދާ ރައީސް ނަޝީދަށް އޮތް ތާއީދު ގެއްލުވާލުމަށް ކަމަށެވެ.

އިންތި ގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ ދަފްތަރު އޮޅުވާލައި ވޯޓް ގަޑުބަޑުކޮށްފާނެ ކަމުގެ ތުހުމަތުތައް ކޮށްފައެވެ.

ހަސަން  ހަތީފް ވިދާޅުވި ގޮތުގައި، ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރުމަށް ރައީސް ނަޝީދު އަދި ރައީސް ސާލިހަށް ލިބިވަޑައިގެންފައިވަނީ ހަމަހަމަ ފުރުސަތެއް ނޫން ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގެ އިއުލާނު ކުރުމުގެ ކުރިންވެސް ރައީސް ސާލިހަށް ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތްތައް ރަށްރަށުގައި ކުރިއަށް ގެންދިޔަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެނާއަށް ފެނިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ އަކީ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި ރައީސް ނަޝީދަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ.  އަދި އެކަންކަން ކުރިމަތިވަމުންދާ ގޮތްތަކާއިބެހޭ މައުލޫމާތުތައް ރައީސް ސާލިހަށް އެނގިވަޑައިނުގަންނަވާނެކަމަށް ގަބޫލު ނުކުރައްވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: