ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން މައްސަލައަށް ހައްލު ހޯދުމަށް މުއިއްޒުގެ ވެރިކަމެއްގައި ޕާކިން ބިލްޑިންގ އަޅާ، ސްލޮޓުތައް ދޫކުރަނީ!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިން މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ގެންގުޅުއްވާ ސިޔާސަތު ޕީއެންސިގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ރޭ މާލޭގައި ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި، އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ ހަ ޕާކިން ބިލްޑިން އެޅުމަށް ބޭނުންވާ ތައްޔާރީތައްވެސް ވެފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދީފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދޭން ޖެހޭ ހުއްދަވެސް ދީފައިނުވާކަމަށް ވިދާޅުވިއެވެ. ގަރާޖު ސިޓީއަށް ސަލާންޖަހާ، އެތަން މިތާ ސައިކަލުތައް ޕާކް ކުރަންޖެހޭ ސަބަބަކީ އެއީކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު މި ހުރީ ތައްޔާރަށް. ހޮވައިދީފިނަމަ ފެންނާނީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާތަން. މިހާރު ވެސް ކައުންސިލަށް އިންތިހާބުވީ ދުވަހުން ފެށިގެން އަޅުގަނޑު މި މަސައްކަތް ކުރަނީ ގޭގެއަށް ގޮސް ރައްޔިތުންގެ ގާތަށް ގޮސްގެން ނޫންތޯ؟

މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި މި މައްސަލައަށް ހައްލު ހޯދުމަށް، ގެންނާނީ ދާއިމީ ހައްލެއްކަމަށޤ ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޕާކިން ބިލްޑިންތައް އަޅާ، އެ ބިލްޑިންތަކުން ސްލޮޓުދޫކުރާނެކަމަށެވެ. އަދި އެ ތަންތަން ގަރާޖެއްގެ ގޮތަށް ރަޖިސްޓްރީކުރުމުގެ ހުއްދަދެވިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ޕާކިން ބިލްޑިންތަކުން ސައިކަލުތަކަށްވެސް ޖާގަދޭނެކަމަށާއި، އެކަމުގެ ސަބަބުން މަގުތަކުގައި އުޅަނދުތައް ދުއްވާނެ ޖާގަ ފަހިވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އެދިވަޑައިގަތަކީ މިކަންކަމަށް ވިސްނާ ގޮތް ނިންމުމަށެވެ. އެގޮތުން “އަންނަނީ އަންނަނީ” ގައި ފަސް އަހަރު ނިންމާލާނީތޯ ނުވަތަ އެދެވޭ ތަރައްގީ ގެންނާނީތޯ ވިސްނަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ. ވޯޓުލާންޖެހޭނީ ކަންކަން ކުރެވޭނެކަން ސާބިތުކޮށްދީ، ނަތީޖާ ނެރެދީފައިވާ ކެނޑިޑޭޓަކަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކަންކަން ކުރާނީ ރައްޔިތުންގެ ގާތަށް ގޮސް ޝަކުވާ އަޑުއަހައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: