ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވެރިކަމަށް ގެނެސްގެން ވީ ފައިދާއެއް ނެތް،: ގާސިމްގެ ރަނިންމޭޓު

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް އިބްރާހީމްގެ ރަނިންމޭޓު އަމީން އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މި ވެރިކަން ގެނައުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރި މަސައްކަތުން އެއްވެސް ފައިދާއެއްކޮށްފައިނުވާކަމަށް، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް އިބްރާހީމްގެ ރަނިންމޭޓު ޑރ އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން ދަތުރު ކުރައްވަމުން ދަނީ ލ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ލ ގަމުގެ ތުނޑީ އަވަށުގައި ޖޭޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އަމީން ވިދާޅުވީ، ޖޭޕީއިން މި ވެރިކަން ގެނައުމަށް މަސައްކަތްކުރީ ގައުމުގައި ހުރި މައްސަލަތަކަށް ހައލްު ހޯދައިދެއްވާނެކަމަށް ވައުދުވުމުންކަމަށެވެ. އެ ވައުދާއި ސަރުކާރުން ހިލާފުވެފައިވާކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ އަމީން ވިދާޅުވީ، މައްސަލަތަކަށް ހައްލު ހޯދުނީ ކިހާ މިންވަރަކަށްތޯ ވިސްނަންޖެހޭކަމަށެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ފެންވަރާއި، ސިއްހީ ފެންވަރުގެ އިތުރުން އާންމު ދިރިއުޅުމުގެ ފެންވަރުވެސް މި ވެރިކަމުގެ ތެރޭގައި ދިޔައީ ދަށަށްކަމަށާއި، އަދި އެހެނިހެން ސިނާއަތްތައްވެސް ފުނޑިފައިވާކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާއަތް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަމީން ވަނީ ސަރުކާރުން މީޑިއާތަކަށް ރިޝްވަތުދޭކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. އަދި ވިދާޅުވީ މީޑިއާތަކަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށާއި، މީޑިއާތައް އޮތީ އަޅުވެތިކޮށްފައިކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަންވެސް ގެއްލެމުންދާކަމަށެވެ.

މިހެން ކަން އޮތުމުގެ ސަބަބުން މި މައްސަލަތަކަށް ހައްލު ހޯދުމަށް މި ވެރިކަން ބަދަލުކުރަންޖެހޭކަމަށް ފާހަގަކޮށް އަމީން ވިދާޅުވީ ސަރުކާރު ވެރިކަމަށް ގެނައިސްގެން ވީ ފައިދާއެއް ނެތްކަމަށެވެ.

އެހެންވީމަ މި ސަރުކާރު ވެރިކަމަށް ގެންނަން ވެގެން އަޅުގަނޑުމެންނަށް ހަގީގަތުގައި މި ލިބުނީ ކޮން އެއްޗެއްތޯ؟ ބޮޅެއް. ހަމަ ބޮޅެއް މި ލިބުނީ. އެހެންވީމަ އެބަ ޖެހޭ އާ ގޮތެއް ހޯދަން ޖެހޭ.

އަމީން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފައިދާ ހުރި މެނިފެސްޓޯއެއް ހުށައަޅާފައިވާ ހަމައެކަނި ޕާޓީއަކީ ޖޭޕީކަމަށްވެސް އަމީން ވިދާޅުވިއެވެ. މިއީ ގޯތި ގެ ދޮރު ކަށަވަރުކޮށްދޭ، ވަޒީފާ ޔަގީންކޮށްދޭ، އާއިލީ ގުޅުންތައް ވަރުގަދަކޮށްދޭ އެޖެންޑާއެއްކަމަށް ފާހަގަކޮށް އަމީން ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުވެސް މި އެޖެންޑާއިން ޔަގީންވާނެކަމަށެވެ. އަދި ރައްޔިތުން ތަނަވަސްކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: