ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 ކެންޑިޑޭޓުންގެ ތެރޭގައިވެސް އަޅުގަނޑާ ވާދަކޮށްލެވޭ ވަރުގެ ހަމަ އެކަކުވެސް ނެތް: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 7 ކެންޑިޑޭޓުންގެ ތެރޭގައި ވާދަކޮށްލެވޭނެ ހަމަ އެކަކުވެސް ނުހުންނާނެކަމަށާއި އެއް ސަފެއްގައި ގުނާލެވޭނެ ކެންޑިޑޭޓެެއްވެސް ނުހުންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ މިއަދު އދ.ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ބޭއްޕި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އިންސާނީ ރޫހުގައި ވިއަސް، ސިޔާސީ ރޫހުގައި ވިއަސް އިޖްތިމާއީ ގޮތުން ބެލިނަމަވެސް އޭނާއާއި އެއްވަރަށް ގައުމަށް ރައްޔިތުންނަށް ޙިދުމަތްކޮށްދިން މިންވަރަށް ޙިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅަކު މި އިންތިޚާބުގައި ނެތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށުން އޭނާއަށް މެޖޯރިޓީ ލިބޭނެކަމާއި މެދު ޝައްކެއް ނުކުރައްވާކަމުގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބެއްގައި ވޯޓްލާންޖެހެނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިޚާބާއި ވެސް ޚިލާފަށްކަމުގައި ގާސީމް ވިދާޅުވިއެވެ. ސަބަބަކީ މިއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓްލާ މަޤާމެއް ކަމުގައި ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންނަކީވެސް އެއިރެއްގައި އެހުންނަ ވެރިއަކަށް ބޯލަބައި ކިޔަމަންވާންޖެހޭ މީހެއްކަމަށް އޮންނައިރު، އެބަޔެއްގެ އަތޮޅަށް ނުވަތަ ރަށަށް ނިސްބަތްވާ ނުވަތަ އާއިލާއަކަށް ނިސްބަތްވާ މީހަކަ ވެރިކަމުގައި ހުރުމަކީ ކޮންމެ ބަޔަކުވެސް އުފާކުރާނެކަމަކަށް ވާނެ ކަމުގައި ވިދާޅުވިއެވެ.

އެހެން ނަމަވެސް ގައުމަށް އެންމެ އަމާނާތްތެރިކަމާއި އެކު މަސައްކަތްކޮށް ރައްޔިތުންނާއި މެދު އޯގާތެރިކަމާއި އެކު ހިދުމަތްކޮށްދޭނީ ކާކުކަމާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމުގައި ގާސިމް ވިދާޅުވިއެވެ.

މިއަދު ދައުލަތް ދަރަނިވެފައި އޮތް މިންވަރުުގެ ވާހަކަ ދައްކާއިރު، މާދަމާ ދިމާވެދާނެ ވިއްސާރަ ވިލާގަނޑަކުން ސަލާމަތްވުމަށްޓަކައި ދައްކާ ވާހަކަތައްކަމުގައި ގާސިމް ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ވެރިއަކަށް ހުންނެވި ފަރާތުން ޤާނޫން އަސާސީއާއި ހިލާފަށް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބުމާއި ކަނޑުގެ ބައެއް ޤާނޫން އަސާސީއާއި ހިލާފަށް ދީފަ އޮތުމާއި މިހިނގާ ކަންތައްތަކާއި މެދު ދިވެހި ރައްޔިތުން ވިސްނާ ވަޑައިގަންނަވަން ނުޖެހޭތޯ ގާސިމް ވަނީ ސުވާލް އުފައްދަވާފައެވެ.

ކާބަފައިން ގެނެސްދީފައިވާ މާތްވެގެންވާ އިސްލާމްދީނާއި އަދި މިގައުމުގެ މިނިވަންކަން ދަމަހައްޓާ ނަގަހައްޓާނެ ބަޔަކު ދިވެހިން ފިޔަވާ ތިބޭނެތޯ ގާސިމް ސުވާލްކުރެއްވިއެވެ.

މާޒީގައި ކަންތައްތައްކޮށްފައިވާ ގޮތައް ބަލައިގެން ވޯޓް ދިނުމަށް ގޮވާލެއްވިއެވެ.

ގާސިމް މިއަދު ވަނީ ކެމްޕޭން ދަތުރުތަކުގައި އދ ގެ އެކި ރަށްރަށަށް ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: