ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރަށް ގާއިމްކުރެވުނު އިންސާފެއް ނެތް: އަލީ ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައިސް ތިބި އެމްޑީޕީގެ ސަރުކާރަށް ގާއިމްކުރެވުނު އިންސާފަކީ ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގާސިމް އިބްރާހިމްގެ ރިޔާސީ މަންދޫބު އަލީ ވަހީދު ސުވާލުއުފައްދަވައިފިއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެމްޕޭންއަށް އދ.ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

މިބައްދަލުކުރެއްވުމުގައި އަލީ ވަހީދު ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމީން އެކަނި ޖަލަށްލާ، އެމްޑީޕީގެ ތެރެއިން އެފައިސާ ލިބުނުމީހުންނާއި، އެޚިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓްތައް ބަދަލުކޮށް ވަކިބަޔަކު އެމައްސަލައިން ރެކި ފިލުމަކީ އިންސާފެއް ނޫންކަމުގައި ވިދާޅުވެފައެވެ.

އަލީވަހީދު ވިދާޅުވީ ގައުމުގެ ވެރިކަން ބޮއްސުންލާ ހުރިހާ ދިމާލަކުން އެބޭފުޅުންނާއި ދިމާލަށް ލޮއްސިތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނުބައި ވެރިޔަކު ވެރިއަކަށް ގެނެވިއްޖެނަމަ ގައުމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށާއި މިއީ ގާސިމްފަދަ އިޚްލާސްތެރި ދީލަތި ބޭފުޅަކަށް ފުރުޞަތެ ދެއްވަންވީ ވަގުތު ކަމަށެވެ. އިސްލާމްދީނަށާއި ދިވެހި މިނިވަންކަމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ހިދްމަތެއް ކޮށްދެއްވި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާއި ދިވެހި ވެރިކަމަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ގާބިލް ވެރިއަކީ ގާސިމް އިބްރާހިމް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ދަނގެތީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ވެރިޔަކު އިޚްތިޔާރުކުރުމުގައި ގޯސްނިންމުމެއް ރައްޔިތުންނިންމައިފި ނަމަ އެއީ ތާއަބަދަށް ލިބިގެންދާނެ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އިންޑިއާ ސިފައިން ބޭތިއްބުމާއި ގައުމުގެ ބައެއް ވިއްކާލުމަކީ ވެރިކަމުގައި ހުންނެވިއަސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މެނުވީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރައްޔިތުންގެ ބަހެއްނެތި ރައީސް ޞާލިހު އަމިއްލަ އަމިއްލައަށް ނިންމާލުމަކީ ގާނޫނުއަސާސީގެ އަސާސްތަކާވެސް ޚިލާފް ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: