ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ ރިޝްވަތުގެ މައްސަލައެއް މަޖިލީހުގެ ރައީސްގެ އެންގުމަކަށް ފުލުހަށް ހުށަަހަޅައިފި: ޒިޔާއު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތުގެ އަމަލު ހިންގަވާ ކަމަށް ތުހުމަތުކޮށް މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެެއްވުމަކަށް  ފުލުހަށް ހުށަހަޅައިފިކަމަށް މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

މިއީ ރިޔާސީ އިންތިޚާބާއި ގުޅިގެން މަޖިލީސް މެންބަރުން ރިޝްވަތު ނަގާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްކަމަވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އެންގެވުމަކަށް މިފަދަ މައްސަލައެއް ހުށަހެޅުނުއިރު، އެމަނިކުފާނު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަަމަށް ވިދާޅުވެފައެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން (ގިޓާ) އެމްޑީޕީ އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ.

ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރެއިން މެންބަރެކެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ.

މީގެ ކުރިން ދަ ޑިމޮކްރެޓްސްއާއި އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: