2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތަރައްގީ ގެނެސްދެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށް ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސި އިންތިހާބަށް ކުރައްވާ ދަތުރުފުޅުގައި ތ. ދިޔަމިގިލީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިދިކޮޅުގެ ބޭފުޅުން ގިނަގުނަ އުނދަގޫ ތަކެއް ކުރިކަމަށެެވެ. އަދި ތަރައްގީ ގެނެވޭނެ ކެންޑިޑޭޓެއް ހުންނެވިނަމަ ކުރީގެ ސަރުކާރު ތަކުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވީސް ކަމަށް ވިދާޅުވިއެވެ. ރައިސް ވިދާޅުވީ ކުރީގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ ރައްޔިތުންގެ ފައިސާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ. އެހެންކަމުން އެފަދަ ވެރިއެއް ރައްޔިތުން ދެން ބޭނުން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިޔަމިގިލިގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާ އެރަށުގެ ރައްޔިތުންގެ އަސާސީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ ރަށުގެ އަސާސީ ހިދުމަތްތަށް ހުރެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަސާސީ ހިދުމަތް ތަކަށްފަހު ދިރި އުޅެވޭނެ މާހައުލެއް ބިނާކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށެއްގައިވެސް އަސާސީ ހިދުމަތްތަށް ލިބެންހުންނާނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު 2 ގުނައަށް އިތުރުވާނެ ކަމަށެވެ. ދިޔަމިގިލީގެ ތަރައްގީއަށް ޓަކައި މެދުފުށި ގުޅާލުމާއި، ރޯ ހައުސް ނުވަތަ ފުލެޓް ގާއިމް ކުރުމާއި، 10 ޓަނުގެ މަސް ސްޓޯ ކުރުމަށް އައިސް ޕްލާންޓެއް ގާއިމްކުރުމާއި، ރަށުގެ ބިން އިތުރު ކުރުމާއި، އެރަށުގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއްއަޅައިދެއްވުމާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި އަދި ގިރާ ސަރަހައްދަށް ވެސް ހެޔޮ ބަދަލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެމަޑައިގަންނަވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ދިޔަމިގިލީގެ އައު ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި އެރަށުގައި ނިމިފައިވާ މަޝްރޫއެއް ކަމަށްވާ ކުޑަކުދިންގެ ޕާކުވެސް ވަނީ ރަސްމީކޮށް ހުޅުވާދެއްވާފައެވެ.

