ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއި ގާތީ އަޅުގަނޑު، ކީއްވެންތޯ އިންޑިއާއިން ރައީސް ސާލިހު ވެރިކަމުގައި ބަހައްޓަން ބޭނުންވަނީ: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުގައި ބަހައްޓަން ބޭނުންވާ ކަމަށާއި އެކަން ކުރަން ބޭނުންވާ ސަބަބާއި މެދު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ކެމްޕެއިންގައި އދ ދިއްދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބި މީހުންނަށް ސަރުކާރުން ވަޒީފާތައްދީ، ވޯޓު ހޯދަމުންދާކަމަށެވެ. ސަރުކާރުން ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ހިލާފަށް އެއްކަމަށްވުރެ ގިނަ ކަންކަން ކޮށްފިކަމަށް ގާސިމް ވިދާޅުވިއެވެ. ވަޒީފާތައް ދީގެން ވޯޓު ހޯދިދާނެކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް އެއީ ކުށެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ހަޑި ހުތުރު މުޑުދާރު އަމަލު ހިންގައިގެން ވެރިކަމަށް މީހަކު އަންނަން ހިފާލާނީ ކިހާވަރަކަށް ވެރިކަމުގައި ހުންނަން ބޭނުންވާތީހޭ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ސިފަކުރެއްވި ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ވަރަށް ބޮޑަށް ދަހިވެތިވެފައެވެ. އަދި ވިދާޅުވީ ރައީސް ސާލިހު ވެރިކަމުގައި ބެހެއްޓުމަށް ވަކި ގައުމަކުން ވަރަށް ބޭނުންވާކަމަށެވެ. ރާއްޖެއަކީ މިނިވަން ގައުމެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އެންމެ ފުރަތަމަ އިންޑިއާއާއިއެކު ރާއްޖެއިން ކުރި މަސައްކަތްތަކުގެ މަސްއޫލިއްޔަތު އަދާކުރީ އޭނާކަމަށެވެ.

އެހެންކަމުން އޭނާއަށްވުރެ ރައީސް ސާލިހާއި އިންޑިއާއާއި ގާތްވެގެންދާނެތޯ ގާސިމް ސުވާލުއުފެއްދެވިއެވެ. އެދުވަހަށްފަހު އިންޑިއާއާއިދެމެދު އޭނާއާއި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އިންޑިއާ އައުޓް ގޮވުމަކީ ގޯހެއްކަމަށްވެސް އޭނާ ވިދާޅުވެފައިވާނެކަމަށެވެ.

އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓި ނަމަވެސް ނުކުރާނެ ކަންކަން ހުންނާނެކަމަށާއި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ އޭނާވެސް ދެކޮޅު ހަދާނެ ވާހަކައެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ފަސްޓް އިންޑިއަން ޕޮލިސީ އޮތްކަމަށްވިޔަސް އަދި ގަބޫލުކުރިކަމުގައިވިއަސް، ކީއްވެގެންހޭ އަޅުގަނޑުމެންގެ ރިޔާސީ އިންތިހާބެއްގެ ތެރޭގައ އިންޑީއާގެ ޕޮލިޓިކަލް ބައެއް މީހުންގެ ނުފޫޒާއި އިންފުލުއެންސް ފޯރުވައިގެން ވަކި އަތަކަށް، ވަކި ބޭފުޅަކަށް ވެރިކަން ހޯދައިދިނުމުގެ ވިސްނުން އޮވެގެން މަސައްކަތްކުރާ މަންޒަރު.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ސުވާލުއުފެއްދެވީ އިންޑިއާގެ ސިޔާސީ ބޭފުޅުން މިއަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ސަބަބާއިމެދުގައެވެ. ގާސިމް ވިދާޅުވީ ގައުމު ނިކަމެތި ނަމަވެސް ރާއްޖޭގެ ރައްޔިތުންގެވެސް އަނބުރާއި އިއްޒަތާއި ޝަރަފެއް އޮންނާނެކަމަށެވެ.

އެހެންކަމުން ގައުމުގެ މިނިވަންކަން ދަމަހައްޓާ، ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: