ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންޑިޑޭޓުން ގިނަ ވައުދުތަކެއް ވިނަމަވެސް އެވައުދުތައް ފުއްދަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ: ރައީސް

ޕޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ރޭހުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން އެބޭފުޅުން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވިނަމަވެސް، އެ ވައުދުތައް ފުއްދަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ިސާލިހް ވިދާޅުވެއްޖެއެވެ.

9 ސެޕްޓަމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރައްވާ ދަތުރުގައި ތ.ކިނބިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން ޕޯޑިއަމް ތަކަށް އަރާ އެތައްވައުދެއް ވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރާނެ ގޮތެއް އެބޭފުޅުންނަށް އެންގިވަޑައިނުގެންނެވި ނަމަވެސް ރައީސްއަށް، ރައްޔިތުންނަށް “އުފާވެރި އަމާން ރާއްޖެ” އެއް ހޯދާ ދެއްވަން އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އެމަނިކުފާނު އުޅެވަޑައިގަތީ ރައްޔިރުންނަށް ވައުދު ފުއްދުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބަޖެޓު ހުސްވެ ރިޒާވްގައި ހުރި ރުފިޔާވެސް ބޭނުންކުރައްވަން ޖެހިވަޑައިގަތްކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް އައި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ިރާއްޖޭގެ އެކި މަޝްރޫއުތަށް ހުއްޓުމަކަށް އައި ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ދަރަނި އިތުރުވެފައިވިނަމަވެސް އެދަރި ދެއްކޭނެ ފައިސާ ހޯދާ އެ ދަރަނި އަދާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ކިނބިދޫއަށް ވެވަޑައިގަންނަވާފައިވާ ވައުދުތަކުގެ ތެރޭގައި އެރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި، 25 ހެކްޓަރުގެ ބިން އިތުރުކުރުމާއި، ފުޓުސަލް ދަނޑެއް ގާއިމްކޮށްދެއްވުމާއި، ތ.ވޭމަންޑޫ އާއި ކިނބިދާ ކޯޒްވޭއަކުން ގުޅާލުމާއި އަދި ކިނބިދޫ ސްކޫލުގައި 8 ކްލާސް ރޫމް އަދި މަލްޓިޕާޕަސް ހޯލްއެއް ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން އެރަށުގައި ނިމިފައިވާ މަޝްރޫތަކުގެ ތެރެއިން ރަށުގެ ފެނަކައިގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމާއި، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތާއި އަދި އެމްޑީޕީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: