ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހާ ބަދަލުވިނަމަވެސް ޕީއެންސީން ވާދަކުރައްވަނީ އެއް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީހާ ބަދަލުވި ނަމަވެސް ޕީއެންސީން ވާދަކުރައްވަނީ  ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ހަމަ އެއް ފިކުރެއްގެ އެއްސިޔާސަތުތަކެއް ގެންގުޅުއްވާ އެއްގޮތަކަށް ވިސްނުންފުޅު ގެންގުޅުއްވާ ކެންޑިޑޭޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ތ. ހިރިލަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ރައީސް ޔާމިން އަރިހުގައި ރަށުގެ ރައްޔިތުން އެދުނު ބިންހިއްކުމުގެ މަސައްކަތުގެ ވާހަކަ ވިދާޅުވުމުން އެރަށުގައި ބިން ނުހިއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރަށުގެ ރައްޔިތުން ވިދާޅުވާކަމަށެވެ. އޭރު ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ ޕީއެންސީގެ ިރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަން ޑރ. މުއިއްޒަށް ލިބިއްޖެނަމަ ކަމުގައި ވިނަމަވެސް އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ހިރިލަންދޫއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، އެރަށުގެ މަސް ސްޓޯ ކުރުމަށްޓަކައި އައިސް ޕްލާންޓެއް ގާއިމް ކުރުމާއި، ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި އަދި ބިން އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ ތ އަތޮޅުގެ ވަންދޫ، އޮމަދޫ އަދި ކަނޑޫދޫ އަށްވެސް ގިނަ ވައުދުތަކެއް ވެފައިވެއެވެ.

މީގެއިތުރުން ހިރިލަންދޫގައި އަދާލަތު ޕާޓީގެ ޖަގަހަވެސް ވަނީ ރަސްމީކޮށް ރައީސް ހުޅުވައިދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: