ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށިދާއިރާއަށް ރައީސްގެ ގިނަ ވައުދުތަކެއް!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތ އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅުގެ ތިމަރަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ތިމަރަފުށިދާއިރާގެ ރަށްތަކަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޭނުންވީ އޭރު އޮތް އަނިޔާވެރިކަން ބަދަލުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދަނީ އެކި އުމުރުފުރައިގެ މީހުން ބޭނުންވާގޮތަށް އަސާސީ ހިދުމަތްތަކަށް ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު އެމަނިކުފާނުގެ ސިޔާސަތަކީ ޓޫރިޒަމް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކޮށް ހުޅުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތ އަތޮޅަށް ފަތުރުވެރިކަން ގެނެސް އެ އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ތިމަރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓު ކުރިއަށްދާނީ ތ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތިމަރަފުއްޓާ އެކުވެފައިވާ ހިރިޔަންފުށި ރިސޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުނަދޫވަނީ މިފްކޯގެ ދަށަށް ގެނެސްދެއްވާފައި ކަމަށެެވެ. ކުރިއަށް އޮތްތަނުގައި ފުނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސް އަތޮޅުތެރޭގައި މަސްކިރުމާއި، އައިސް އަދި ތެޔޮ ލިބޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތިމަރަފުއްޓާއި ގާތުގައި އޮތް ކަނިމީދޫ ވެސް ރިސޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަނެފައިވެއެވެ.

ތިމަރަފުއްޓަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީ ކޮށްދެއްވާނެކަމަށާއި، ރަށުގެ މަގުތަށް އިތުރުކުރުމާއި، އެރަށުގެ ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ ގޮތަށް އަލިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ތިމަރަފުށިދާއިރާގައި ހިމެނޭ ވޭމަންޑޫ އިރުމަތީފަރާތުން ގިރާ ސަރަހައްދު ހިމާޔަތްކޮށް ދެއްވާ، ވޭމަންޑޫގެެ ބިން އިތުރުކޮށް އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: