ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރެއްގައި ސަރުކާރުގެ ބަޖެޓު 50 ބިލިއަނަށް އަރާނެ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ދައުރެއްގައި ސަރުކާރުގެ ބަޖެޓު އިތުރުވެ 45 ބިލިއަން ހުރަސްކޮށް 50 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ތ. އަތޮޅުގެ ރަށްތަކައް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ގާދިއްފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްރަށުގެ މަޝްރޫއުތަށް ކުރިއަށް ގެންދިއުމުގައި މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ޓޫރިޒަމް ތ އަތޮޅުގައިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގާދިއްފުއްޓަކީ ކުޑަ އާބާދީއެއްއޮންނަ ރަށެއް ކަމަށް ވުމުން ކުރީގެ ސަރުކާރުން އެރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.  ގާދިއްފުއްޓަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ހެލްތު ސެންޓަރަށް ބޭނުންވާ އެކްސްޓެންޝަނާއި، ރަށުގެ ބިން އިތުރު ކުރުމާއި، ރަށުގެ ބަނދަރު ބޮޑުކޮށް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ދައުރުގައި ގާދިއްފުށީގައި ވަނީ 6 މަޝްރޫއެއްނިމިފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމާއި، އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ފުޓްސަލް ދަނޑު ގާއިމްކުރުމާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމާއި، އަދި ގާދިއްފުށީގެ ކައުސިލް އިދާރާގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ރައީސް ވަނީ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: