ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ކުރިނާރަނީ ސިޔާސީ އަޅުވެތިކަމެއްގައި އޮތުމުން: ގާސިމް

ގާސިމް އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ކުރިނާރަނީ ސިޔާސީ އަޅުވެތިކަމެއްގައި އޮތުމުންކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ގާސިމް މިއަދު ދަތުރު ކުރައްވަމުންދަނީ އއ އަތޮޅަށެވެ. އެ އަތޮޅުގެ މަތިވެރިއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވަނީ ގައުމު މިހާރު އޮތް ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ގައުމު މިހާރު އޮތީ ބޮޑު ސިޔާސީ އަނދަވަޅެއްގެ ތެރޭގައިކަމަށް ވިދާޅުވިއެވެ. އެކަަމަށް ހައްލު ހޯދުމަށް ވާހަކަދައްކަވާނެ މީހެއް ނެތްކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު ރަނގަޅުނުވަނީ އެހެންވެގެންނެވެ.

ގާސިމް ވިދާޅުވީ ރާއްޖެ މިހާ ހިސާބަށް އައީ އޭނާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސަކަށް ހުރެ ކުރި ބުރަ މަސައްކަތުންކަމަށެވެ. އަދި މި އިސްލާހީ މަސައްކަތުގައި 1990 ވަނަ އަހަރުން ފެށިގެން އޭނާއާއިއެކު ކުރީގެ ރައިސް ޑރ ވަހީދު ބައިވެރިވެވަޑައިގެންނެވިކަމަށް ގާސިމް ވިދާޅުވިއެވެ. މި މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުން މިހާރު ދުނިޔޭގައި ނެތްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އޭރު އެބޭފުޅުން ކުރި ބުރަ މަސައްކަތުން ގެނައި އިސްލާހު އަނގުރު އަލިފާނަށް ވެއްޓިގެންދާއިރު، އޭނާ ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރެ ނުދައްކާ ހުރުމަކީ ބޮޑު ފާފައެއްކަމަށެވެ.

އަޅުގަނޑު ދަންނަވާލަން މިބޭނުންވަނީ އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުން މާދަމާ އަނގުރު އަލިފާންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާއިރު، މުޅި ގައުމާއި ރައްޔިތުން ވެއްޓިގެންދާއިރު، ވާހަކަ ނުދައްކާ އަޅުގަނޑުމެން ދުނިޔޭގެ ގަދަވެ ސަލާމަތުންހުރެ އެވާހަކަ ނުދައްކާ ހުރުމަކީ ކިހާބޮޑު ފާފައެއްތޯ.

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ގައުމު ސިޔާސީ ގޮތުން އޮތް ހާލަތުގެ ސަބަބުން އިގްތިސާދީ ގޮތުނވެސް ގެއްލުން ލިބެމުންދާކަމަށާއި، މި ވާހަކަތައް ދެއްކުމަށް ބޭރުގެ ގައުމެއްގެ ނުފޫޒަށް ފަސްޖެހިގެން ނުވާނެކަމަށެވެ.

މިއީ ދިވެހި ރައްޔިތުންގެ ހައްގުގައި ދައްކަން ޖެހޭ ވާހަކައެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ރައްޔިތުންގެ ތަރައްގީއަށް ވެރިކަމުގައި ހުންނަ ފަރާތްތަކުން ކޮށްދޭ ކަންކަމަކީ އެ ހުންނަ ވެރިއެއްގެ އަމިއްލަ ޖީބުން ކޮށްދޭ ކަންކަމެއް ނޫންކަމަށެވެ. އަދި އެއީ ދައުލަތުގެ ފައިސާއިން ކޮށްދޭ ކަންކަންކަމަށް ވިދާޅުވިއެވެ.

ގާސިމް އަންނަނީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އޭނާއަށް ވެރިކަން ދޭންޖެހޭކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: