ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ލޯނުތައް މައާފުކޮށްދިނުމަށް ގާސިމް ވައުދުވެއްޖެ

ގާސިމް ކެމްޕެއިން ހަރަކާތެއްގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ދޫކޮށްފައިވާ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ލޯނުތައް (އެސްއެމްއީ ލޯނުތައް) މައާފުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ލޯނު ދިނުމަކީ ކުރިންސުރެ ރޭވިގެން ރައްޔިތުން އަޅުވެތިކުރުމަށް ސަރުކާރުން ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކުރަމުން އަންނަކަމެއްކަމަށެވެ. އެހެންކަމުން އޭނާވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ސަރުކާރުން އެސްއެމްއީ ލޯނު ދޫކުރަމުން އަންނަ ގޮތަށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ލޯނުތައް ދޫކުރަނީ ވޯޓުގެ ބޭނުމުގައިކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ ލޯނުތައް ދޫކުރަނީ ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށެވެ.

ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ.

ގާސިމް ވިދާޅުވިއެވެ.

ބައެއް ފަރާތްތަކަށް ލޯނުދޭއިރު އެގްރީމެންޓް ހެދި ނަމަވެސް އަނެއް ބައި ފަރާތްތަކާއިއެކު އެގްރީމެންޓް ނަހަދާކަމަށް ފާހަގަކޮށް، ގާސިމް ވައުދުވެވަޑައިގެންނެވީ ވެރިކަމަށް އާދެވިއްޖެނަމަ އެސްއެމްއީ ލޯނުތައް މައާފުކޮށްދެއްވުމަށެވެ.

ތިޔަ ބޭފުޅުން އަޅުގަނޑުމެން ސަރުކާރަށް ގެނެސްދީފިނަމަ، ދައުލަތުން ދޫކޮށްފައިވާ ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން.

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށާއި، ރާއްޖެއަށް އެހެން ގައުމުތަކުން އަތްގަދަކުރާކަމަށް ފާހަގަކޮށްވެސް ވާހަކަދައްކަވާފައެވެ.

ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ފަސް ވައުދެއް ފުއްދަވައިދެއްވާނެކަމަށެވެ. ވައުދުތަކުގެ ތެރޭގައި ނުކުރެވޭ ވަރުގެ ހުށައެޅުންތައް ހިމެނޭނަމަ، އޭގެ ބަދަލުގައި ރައްޔިތުން ބޭނުން ޖެހިފައި ހުރި އެހެން ކަންކަން ކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށްވެސް ފަސްކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ގާސިމް އަންނަނީ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: