ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑިފުށި، ގުރައިދޫ އަދި ބުރުނިއަށް ރައީސްގެ ގިނަ ވައުދުތަކެއް!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. އަތޮޅުގެ މަޑިފުށި، ގުރައިދޫ އަދި ބުރުނިއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

2023 ގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި  ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަށާފައިވާ މަޝްރޫއުތަކަށް ބުރޫ އަރައިފި ނަމަ ރާއްޖެ ދާނީ ވަރަށް ބޮޑަށް ފަހަތަށް ކަމަށެވެ. އަދި ކުރިއަށް ރާވައިފައިވާ ކަންކަމާއި ހިނގަމުންދާ މަޝްރޫއު ތަކާއި ވަޏިގުޅި ލާމެހިފަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން މަޝްރޫއުތަށް މަޑުނުޖެހި ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ދެވަނަ ދައުރަކަށް ހޮއްވަވާދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މަޑިފުއްޓަށް ވެވަޑައިގަންނަވާފައިވާ ވައުދުތަކުގެ ތެރޭގައި މަޑިފުށީގެ ރައްޔިތުން އެތަކެއް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ދިޔަމިގިލި އަދި މަޑިފުށި ގުޅާލާނެ ކަމަށެވެ. އަދި އެރަށުގެ މަގުތަކުގައި ތާރުއެޅުމާއި، ރަށުގެ ބޯހިޔާވަހިކަމަސް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށްޓަކައި ހައުސިންގ ޔުނިޓް އަޅައިދެއްވުމާއި އަދި ގެ ހެދުމަށް ލޯނު ސްކީމު ތައާރަފްކުރުމާއި، އެރަށުގައި ދޯނި އެހެލުމަށް ތަނެއް ހަދައިދެއްވުމާއި، ސިއްހީ ހިދުމަތް އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތ. އަތޮޅުގެ އެހެން ރަށްތަކަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ބުރުނީގައި ޓޫރިޒަމް ފުޅާކުރުމަށް ޓަކައި އެރަށާއި ކައިރީގައިވާ ފުށިފަރު ބިޑް އަށް ދޫކޮށްލުމާއި، 24 ގަޑިއިރަށް ހެލްތު ސެންޓަރު ހުޅުވާލުމާއި، ކުޑަކުދިންގެ ޕާކު ގާއިމް ކުރުމާއި، ވޮލީ ކޯޓާއި، ބޯހިޔާވަހިކަމަށް ހައްލެއްގެންއުމަށްޓަކައި 50 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ގުރައިދޫ ގައި ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، މަގުތަކުގައި ތާރު އަޅައިދެއްވުމާއި، އައިސް ޕްލާންޓު ގާއިމްކުރުން، އަދި ސިއްހީ ހިދުމަތް ލިބޭ ގޮތް ހައްދަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ

މީގެއިތުރުން ރައީސް ވިދާޅުވީ ސުލްހަ ގާއިމްކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާކަމަށާއި ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިއުމުގެ މިނިވަން ކަންދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ގިނަ މަޝްރޫއު ތަކެއް މަޑު ޖެހުނުނަމަވެސް ކއޭރުގައި އެޅި ރަނގަޅު ފިޔަވަޅުތަކުގެ ސަސަބަބުން ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅިުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: