ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތެއް ހިއްސާނުކޮށް ކޮންމެ މީހަކަށްވެސް ވައުދުތަކެއް ވެވިދާނެ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސަތުތައް ހިއްސާނުކޮށް ކޮންމެ މީހަކަށްވެސް ވައުދުތަކެއް ވެވިދާނެކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ގިނަ އަދަދެއްގެ ވައުދުތައް ވަމުންދާއިރު، އެކަމަށް އަލިއަޅުއްވައި ޝަރީފްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސިޔާސަތުތަކާއި ކަންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާނުކޮށް ކޮންމެ މީހަކަށްވެސް ހަނދު ބާލުވައިދިނުމަށް ވައުދުތަކެއް ވެވިދާނެކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ހަމަޖެހޭ ތަންފީޒުކުރެވޭނެ މެނިފެސްޓޯއެއް ހިއްސާކޮށްފައިވާ ހަމަ އެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ގެނެސްދެވޭނެ ހަމަ އެކަނި މެނިފެސްޓޯއެއް ހުށައަޅާފައިވަނީ ރައީސް ސާލިހުކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ގާބިލިއްޔަތު ހުރި މިންވަރު ސާފުކޮށްދީފައިކަމަށެވެ. އެގޮތުން އިގްތިސާދީ ލުއިތައް ގެނެސްދިނުމުގެ ގޮތުން ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރުމާއި، ކޮވިޑްގެ ދަތި ހާލަތުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅިކަން އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ކޮންމެ ސަރުކާރަކަށްވެސް ރއްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާ މިންގަނޑު 5 އިންސައްތައިގައި ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެކަމަށެވެ.

އޭނާ ވިދާޅުވީ، އިގްތިސާދީ ދުވެލި ދެމެހެއްޓުމުގެ ގޮތުން، ގައުމުގައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އިންވެސްޓުކުރަންޖެހޭނެކަމަށެވެ. އެެހެންކަމުން ވެރިކަމަށް ވާސިލުވާ ކޮންމެ ސަރުކާރަކަށްވެސް ގައުމުގެ އިގްތިސާދީ ކަންކަން ކުރިއަށް ގެންދަން ޕްލޭނެ އެކުލަވާލަންޖެހޭނެކަމަށާއި އެހެންނަމަވެސް އެފަދަ ޕްލޭނެއް ހިއްސާކޮށްފައިވަނީ ރައީސް ސާލިހު އެކަނިކަމަށާއި އެހެން ކެންޑިޑޭޓުންދަނީ ހަރަދުކުރުމުގެ ވާހަކަތައް ދައްކަވަމުންކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: