ގައުމަށް އެއްވެސް ކަމެއް ނުކޮށްދެވި ފެއިލް ވެފައިވާ ބައެއް ދައްކާ ވާހަކައަށް އަލާނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެދިވަޑައިގެންފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ކުރައްވާ ދަތުރުފުޅުގައި ލ. ގަމަށް ވަޑައިގެން އެރަށުގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ރާއީސް ވިދާޅުވީ އެހެން ކެންޑިޑޭޓުން ކެމްޕެއިން ފަށްޓަވާއިރު އިންތިހާބު އޮންނާނީ ނިމިފައިކަމަށެވެ. ދެން އިތުރަށް ވާދަކުރައްވަން ބޭނުންފުޅުވާނަމަ ކުރިމަތި ލާން ޖެހެވަޑައިގަންނަވާނީ 2028 ގެ ރިޔާސީ އިންތިހާބުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ލ. ގަމުގެ ރައްޔިތުން ގާތުން އެދިވަޑައިގެންނެވީ ކުރިއަށް އޮތް ތަނުގައި އެ ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއިއެކު ތިއްބެވުމަށެވެ. އޭނާ އަކީ ގަމު ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ލ. އަތޮޅުގެ އިގްތިސާދު ދެގުނަ ކުރުމަށް ޓަކައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ އަމާޒަކީ ތަފާތުކޮށް ބޮޑުތަނުން ރާއްޖެ ތަރައްގީ ކުރުން ކަމުގައި ވިދާޅުވިއެވެ. ލ އަތޮޅުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޓުއަރިޒަމްގެ ދާއިރާ ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ލ އަތޮޅުގެ ގަމު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް އަޕްގްރޭޑް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގަމަށް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅައިދެއްވުމާއި، މާލެގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލް ގަމުގައި ގާއިމްކުރެއްވުމާއި، އާބަން ސެންޓަރެއް ގާއިމްކުރުމާއި، ބޮޑެތި ސިޓީ އަދި ރަށް ތަކަށް ބަދަލު ގެނެއުމުގައި ދަތިތަކެއް ހުންނާނެ ކަމުގައި ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ އެ ހުރަސްތަކާއި އެކު ކުރިއަށް ވަޑައިގެންނަވާނެ ކަމަށެވެ. ގަމުގެ އާބާދީ 25000 އަށް ބަދަލުކޮށްދެއްވަން މަސައްކަތް ކުރައްވާ، އަބާދީ އިތުރުވާނެ ގޮތްތަށް ހޯދާވަޑައިގެންނަވާނެކަމަސް ރައީސް ވިދާޅުވެއްޖެއެވެ. އެރަށަށް ހިޖުރަ ކުރާނެ ކަންކަން ބަލައި، ގަދަކަމުން ގަމަށް މީހުން ނުގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފުރަތަމަ ޕޭސް ގަ 1000 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށާއި އަދި މުޅިއަމާޒަކީ 5000 ހައުސިން ޔުނިޓް އަޅައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަމުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާމުކޮށްދެއްވާ، 10 އަހަރު ގަން އާބަން ސެންޓަރަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ޓާފް ފުޓުބޯޅަ ދަނޑަކާއި، ވޮލީ ތުންޑީގައި ވޮލީ ކޯޓެއްއަޅައިދެއްވާ، ރަނިން ޓްރެކްއެއްވެސް އަޅާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިން ގަމުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފެނައި ނަރުދަމާ ފޯރުކޮށްދެއްވާނެ ކަމަށްވިދާޅުވިއެވެ.

