ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދު؛ ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލާނަން!

ފޮޓީ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ ހިތަދޫ އާއީ ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވައުދުވެވަޑައިގެންފިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުގައި ލ.ހިތަދޫއަށް ގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހިތަދޫ އަދި ކުނަހަންދޫ ވައިގެމަގުންލ. ވެސް ގުޅާލާނެ ކަމަށެވެ. އެހެންކަމުން ހިތަދޫ ކުނަހަންދޫ ފަޅުގައި އެއާރޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއު މިހާރު ވަނީ ކޮންޓްރެކްޓު ކުރެވި އެމްޓީސީސީއާއި ހަވާލު ކުރެވިފައިކަމަށް ވިދާޅުވިއެވެ. އިތުރު ވައުދުތަކެއް ގޮތުގައި ރައީސް ވިދާޅުވީ ރަށުގެ ފުޓުސަލް ދަނޑުގައި ޓާފް އަޅައި ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށެވެ.

ރައީސްގެ އިތުރު ވައުދަކުގެ ތެރޭގައި އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދެއްވާ މަގުތަކުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކލަމަށާއި، އަދި ސިއްޙި މަރުކަޒަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދެއްވާ އެރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮސްދެއްވަނެ ކަމަށާއި، އަދި އެރަށް ދަތުރުފަތުރުގެ ނިޒާމުން އެހެން ރަށްތަކާއި ގުޅާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތަދޫގެ އިސްލާހި ހަރަކާތްތަށް ފަށައިގަތްއިރު ެރަށުގެ ރައްޔިތުންނަކީ ފޯރިއާއި ޖޯށާ އެކު ތިއްބެވި ބައެއްކަން ރައީސް ވިދާޅުވިއެވެ. އަދިވެސް އެ ޖޯށާއި ފޯރި ހަމައެގޮތުގައި އޮތްކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި އަނިޔާވެރިކަން އޮތް ގޮތަށް މިހާރު އެކަމަށް ޖާގައެއް ނެތްކަމަށެވެ. އޭރުގެ ސަރުކާރުން ވައުދުތަށް ފުއްދިއިރު ހިތަދޫއަކީ ވަރަށް ފަހަތުގައި އޮތް ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ މަޝްރޫއުތަކެއް ހިންގާ، ބައެއް މަޝްރޫއުތަށް ނިމި އެރަށުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވަމުން ދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އެރަށުގެ ފެނާ ނަރުދަމާ ރަސްމީކޮށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: