ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބުދާރީކުރުމަށް ދައްކާ ވާހަކައެއްގެ ސަބަބުން، ވަޒަނެއް ޖަހާ މަރާލިއަސް ހެޔޮ: ގާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީކުރުމަށް ދައްކާ ވާހަކައެއްގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބުނު ނަމަވެސް ފަރުވާލެއް ނެތްކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ބ ތުޅާދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ގައުމުގެ މިނިވަންކަން ގެއްލިފައިވާކަމަށާއި، ރާއްޖެ މިހާރު ވަނީ އެއްކޮށް އަޅުވެތިވެފައިކަމަށެވެ. އަދި މިކަމުގެ ޒިންމާ ނަގަންޖެހޭނީ މި ސަރުކާރުންކަމަށް ގާސިމް ވިދާޅުވިއެވެ. ގައުމުގެ މިނިވަންކަން ގެއްލުމަކީ ރައީސް ސާލިހު ގާނޫނާއި ހިލާފަށް ކުރެއްވި ކަންކަމުގެ ނަތީޖާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ސަރުކާރުން މިކަންކަން ކުރަނީ ރައްޔިތުންނަށް ސިއްރުކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށްވެސް މިކަންކަން ނޭނގޭކަމަށެވެ.

ކޮންމެ ގޮތަކުން ވެސް ވެރިކަމަށް އަންނަން ބޭނުންވެގެން ހުރިހާކަމެއް ކުރަމުން އަންނަ މަންޒަރު އަޅުގަނޑުމެންނަށް ނުފެނޭތޯ. އަޅުގަނޑުމެން މި ތިބީ ހޭ ބުއްދި ސަލާމަތުންތޯ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ސާލިހު އަންނަނީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކުރަން ޖެހުނު ކޮންމެކަމެއް ކުރަމުންނެވެ. ގާސިމް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލުމަށް އެމްޑީޕިއިން ރައީސް ސާލިހު ނެރުނީ އެމަނިކުފާނަކީ އެންމެ ގާބިލް މީހާއަށްވުމުން ނޫންކަމަށެވެ. ރައީސް ސާލިހު ވެރިކަމަށް ނެރުނީ ނުހައްގުން ސިޔާސީ ލީޑަރު އޭރު ޖަލަށްލާފައިވުމުގެ ސަބަބުން އިތުރު ޗޮއިސްއެއް ނެތުމުންކަމަށް ދޭހަވާފަދަ މޭރުމަކުން ގާސިމް ވާހަކަދެއްކެވިއެވެ.

އެއަށްފަހު ދެން ފެނިގެންދިޔައީ ރައީސް ސާލިހުގެ ނާގާބިލުކަންކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ރައީސް ސާޅިހު ހެއްދެވި ގޯސް އޭނާ ހައްލު ކުރައްވާނެކަމަށެވެ. ގާސިމް ވިދާޅުވީ މި މަސައްކަތުގައި އޭނާގެ ގަޔަށް ވަޒަނެއް ޖަހާ މަރާލި ނަމަވެސް ފަރުވާލެއް ނެތްކަމަށެވެ. ސަރުކާރުން ހައްދަވާފައިވާ ގޯސްތަކުގެ ވާހަކަ ދެއްކުމަކީ އޭނާގެ ވާޖިބެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: