ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއާއި ގުޅުނު ހުރިހާ މެމްބަރުން މަޖިލީހަށް އެކަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ އެމްޑީޕީ ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކުރި މަޖިލިސް ހުރިހާ މެމްބަރުން އެ ޕާޓީއާއި ގުޅުނުކަން މަޖިލީހުގެ އިދާރާއަށް އަންގައިފި އެވެ.

އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، މިހާރު ހުރިހާ މެންބަރުން ޕާޓީއާއި ގުޅުނުކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނުއިރު ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރެކެވެ.

އެއީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ އިތުރުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ފެށިފައިވާއިރު، މަޖިލީހުން އިއްޔެއާއި މިއަދު ބާއްވަން އުޅުނު ޖަލްސާ ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެފައެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން ވެސް އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޔާސިރު އަދި ޝިޔާން ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: