ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ޕީޕީއެމް އެދުރުވީ އެއްތާކުން، އެ ދެ ޕާޓީއަށް ރަނގަޅު ކެންޑިޑޭޓެއްވެސް ނުނެރެވޭނެ: ގާސިމް

ހަންޏާމީދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ގާސިމް ވާހަކަދައްކަވަނީ. ފޮޓޯ: އިސްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޕީޕީއެމްއަކީ އެއް ތަނަކުން އެދުރުވެގެން ނިކުތް ދެ ޕާޓީކަމަށާއި، އެ ދެ ޕާޓީއިން ރަނގަޅު ވެރިއަކު ނުނިކުންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ކެމްޕެއިންގައި ބ އަތޮޅަށް ކުރެއްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އޭދަފުއްޓަށް ވަޑައިގެނެވެ. އޭދަފުށީގެ ރައްޔިތުންވަނީ ގާސިމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އޭދަފުށީގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ގާސިމް ވިދާޅުވީ މިސަރުކާރާމެދު އެމަނިކުފާނު ދައްކަވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަންކަމުގެ ވާހަކަތައް ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ ސިފައިން ރާއްޖޭގެ ކަންކޮޅުގައި ބޭތިއްބުމާއި ކަނޑުން ބައެއްވިއްކާލުންފަދަ ކަންކަން ހިމެނޭކަމަށް ގާސިމް ވިދާޅުވިއެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކޮންމެ ކަމެއް ކުރެއްވިއަސް އެ ވާހަކަދައްކާ ފިޔަވަޅު އަޅާނެ ފަރާތެއްނެތްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، މި އިންތިހާބަށް ކުރިމަތިލާއިރު ސުޕަރ މެޖޯރިޓީއާއިއެކު މަޖިލިސް ވަނީ މަރުތަޅުއަޅުވާފައިކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރާ އިހުލާސްތެރި މަސައްކަތެއްނެތްކަމަށް ގާސިމް ވިދާޅުވިއެވެ. މިއީ ރައީސް ސާލިހު ވެރިކަމުގެ ހާލަތުކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ހިޔާނާތްތެރި ވެރިންނަށް ދެވަނަ ފުރުސަތެއް ދީގެންކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެ ވެރިކަމުގައި ފެނުނީ ޚިޔާނާތްވި މަންޒަރުކަމަށާއި، ވެރިކަމުން ފޭބިއިރު ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހައްގަކާނުލާއި އެތައް ބަޔަކަށް ވަނީ އަނިޔާވެރިވެފައިކަމަށާއި، ރައީސް ޔާމީން އަކީ ވަރަށް ބޮޑު އަނިޔާވެރިއެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ޕީޕީއެމްވެސް އަދި އެމްޑީޕީއަކީ އެއްތަނަކުން އެދުރުވެގެން ނިކުތް ދެ ޕާޓީކަމަށް ފާހަގަކުރައްވާ، އެ ދެ ޕާޓީ ވަނީ ފެއިލްވެފައިކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެމްޑީޕީއާއި ޕީޕީއެމް އެއީ އިސްލާހު ނުވާނެ ދެ ޕާޓީކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އެ ދެ ޕާޓީއިން ރަނގަޅު ވެރިއަކު ނުނިކުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: