ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހިޔާނާތްތެރިވީ ވެރިންނަށް ދެވަނަ ފުރުސަތެއް ނުލިބޭނެ: ގާސިމް

ގާސިމް އޭނާގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވީ ވެރިންނަށް ދެވަނަ ދައުރެއް ނުލިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި މާޅޮހަށް ވަޑާއިގެން ވާހަކަދައްކަވަމުން ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ހިނގާފައިވާ އެކި އެކި ކަންކަން ފާހަގަކޮށްވެސް ފާޑު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ފޮށިފޮށި ގަނޑުގައްޔާއި، ދަބަސް ދަބަހަށް އަޅާ، ބައި އެޅީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. ވެރިން ރައްޔިތުންނަށް ހިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހިޔާނާތްތެރިވީ ވެރިންނަށް ދެވަނަ ފުރުސަތެއް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

9 ސެޕްޓެމްބަރުގައި ނަގާ ވޯޓުގައި އެމްޑީޕީއަށާއި އަދި ޕީއެންސީ އަށް ރައްޔިތުން ވިސްނަންޖެހޭކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، އަލަ ނިރަކުން ކެޔޮ ގަހެއް ނުފަޅާނެ ކަމަށެވެ. އެޕާޓީތަކުން ރައްޔިތުން ހެޔޮ ކެންޑިޑޭޓަކު ނުދައްކަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

މާޅޮހަށް ގާސިމް ވީ ވައުދުތަކުގެ ތެރޭގައި އެ ރަށުގެ ބަނދަރު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހައްލު ކޮށްދެއްވުން ހިމެނެއެވެ. އަދި ގާސިމް އަންނަނީ އޭނާގެ ވެރިކަމެއްގައި، 5 އަހަރުގެ ދައުރުގެ ތެރޭގައި 5 ކަމެއް ކޮންމެ ރަށަކަށްވެސް ކޮށްދެއްވާނެކަމަށް ވައުދުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: