ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ޓީވީއިން ބާއްވާ “ސަންގު ބަހުސް” ގެ ޕާޓްނާޝިޕް ހެދުމަށް އޮންލައިން މީޑިއާ އަދި ޗެނަލްތަކަށް ފުރުސަތު ހުޅުވާލައިފި!

ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅިގެން ސަންގު ޓީވީއިން ބާއްވާ “ސަންގު ބަހުސް” ގެ ޕާޓްނާޝިޕް ހެދުމަށް ރާއްޖޭގެ އޮންލައިން މީޑިއާތަކާއި އަދި ޓީވީ ޗެނަލް ތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން ސަންގުޓީވީން ވަނީ “ސަންގު ބަހުސް” ކުރިއަށް ގެންދިއުމަށް ނިންމައި ކެންޑިޑޭޓުންނަށް ދަޢުވަތު އަރުވާފައެވެ. ސަންގުޓީވީން ރިޔާސީ އިންތިޚާބާ ދިމާކޮށް ބާއްވާ “ސަންގު ބަހުސް” ކުރިއަށް ގެންދަން ބޭނުންވަނީ ރާއްޖޭގެ އެހެން މީޑިއާތަކާވެސް ގުޅިގެން ކަމުގައި އިޢުލާންކުރެވިފައިވާއިރ،ު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިހާރު ވަނީ މިބަހުސް ބޭއްވުމުގައި ސަންގުޓީވީއާ ޕާޓްނާޝިޕް ހެދުމަށް ނިންމައި އެކަން ސަންގުޓީވީއަށް އަންގާފައެވެ. އެހެންކަމުން “ސަންގު ބަހުސް” ކުރިއަށްދާނީ ސަންގުޓީވީއާއި ޕީއެސްއެމް ގުޅިގެން ކަމުގައި ބަޔާނުގައި ވެއެވެ.

ބަހުސް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުގެ 21:00 އިން 23:00 އަށެވެ. މިބަހުސް ކުރިއަށް ގެންދާނީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ 05 ކެންޑިޑޭޓުންނަށް ސަންގުޓީވީގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން ސަންގުޓީވީން ކުރިއަށް ގެންދިއުމަށް ނިންމާފަވާ “ސަންގު ބަހުސް” ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސްޕޮންސަރ ކުރުމަށް mv.sangutv@marketing ނުވަތަ +9607779306 އަށް ސިޓީ ފޮނުވުމަށްވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: