ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ބަހުގައި ގާސިމްވެސް ބައިވެރިވެވަޑައިގަންނަވާނެ!

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވާ “ސަންގު ބަހުސް” ގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެކަން އަންގަވައިފިއެވެ.

މިކަން ހާމަ ކުރައްވާ ގާސިމްގެ ކެމްޕެއިން އެޖެންޓް އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަށް، އެ ރައްޔިތުންގެ ހާދިމުންގެ ބަސް އިއްވުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މިނިވަން ކެނޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭކަމަށް ފާހަގަކޮށް، އަލީ ވަހީދު ވަނީ ބަހުސްއަށް ޖޭޕީއިން ތައްޔާރުކަމަށް ވިދާޅުވެފައެވެ.

މި ބަހުސް އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުންގެ މެދުގައެވެ. މިހާރު ހުރިހާ ޕާޓީއެއްގެ ކެނޑިޑޭޓުންވެސް ވަނީ ބަހުސް އަށް ދިން ދައުވަތު ގަބޫލުކުރައްވާ އެކަން ސަންގަށް އަންގާފައެވެ.

ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކެނޑިޑޭޓުން:

  1. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
  2. ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
  3. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް
  4. އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް
  5. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް

ސަންގުޓީވީން ރިޔާސީ އިންތިޚާބާ ދިމާކޮށް ބާއްވާ “ސަންގު ބަހުސް” ކުރިއަށް ގެންދަން ބޭނުންވަނީ ރާއްޖޭގެ އެހެން މީޑިއާތަކާވެސް ގުޅިގެން ކަމުގައި އިޢުލާންކުރެވިފައިވާއިރު، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިހާރު ވަނީ މިބަހުސް ބޭއްވުމުގައި ސަންގުޓީވީއާ ޕާޓްނާޝިޕް ހެދުމަށް ނިންމައި، އެކަން ސަންގުޓީވީއަށް އަންގާފައެވެ. އެހެންކަމުން “ސަންގު ބަހުސް” ކުރިއަށްދާނީ ސަންގުޓީވީއާއި ޕީއެސްއެމް ގުޅިގެން ކަމުގައި ބަޔާނުގައިވެއެވެ.

ބަހުސް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުގެ 21:00 އިން 23:00 އަށެވެ. މިބަހުސް ކުރިއަށް ގެންދާނީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ 05 ކެންޑިޑޭޓުންނަށް ސަންގުޓީވީގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން ސަންގުޓީވީން ކުރިއަށް ގެންދިއުމަށް ނިންމާފަވާ “ސަންގު ބަހުސް” ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: