ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސަންގު ބަހުސް” ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި!

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އަށް ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ބާއްވާ “ސަންގު ބަހުސް” ގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް ބައިވެރިކުރުމަށް ސަންގު ޓީވީއިން ނިންމައިފިއެވެެ.

ފުރަތަމަ ސަންގު ބަހުސް ބޭއްވުމަށް ހަމަޖެއްސީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ރިޔާސީ ބަހުސް ބާއްވާފަދައިން، ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމަށްފަހު، ރައްޔިތުން އެދުނު ގޮތަށް މިހާރު ސަންގުން ވަނީ މި ބަހުސްގައި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިކުރުމަށް ނިންމާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސް ކުރިއަށްގެންދަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ގުޅިގެންނެވެ. ގައުމީ ޔުނިވާސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ރޭވިފައިވާ މި ބަހުސްގައި އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ދައުވަތުވަނީ ފޮނުވިފައެވެ.

މިހާރު ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރަށް އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބަހުސް އަށް ދިން ދައުވަތު ގަބޫލުކުރައްވާ އެކަން އަންގާފައެވެ.

ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކެނޑިޑޭޓުން:

  1. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
  2. ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
  3. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް
  4. އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް
  5. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް
  6. އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު އުމަރު ނަސީރު
  7. އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު ފާރިސް މައުމޫނު
  8. އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑޑޭޓު ހަސަން ޒަމީލް

ސަންގުޓީވީން ރިޔާސީ އިންތިޚާބާ ދިމާކޮށް ބާއްވާ “ސަންގު ބަހުސް” ކުރިއަށް ގެންދަން ބޭނުންވަނީ ރާއްޖޭގެ އެހެން މީޑިއާތަކާވެސް ގުޅިގެންނެވެ.

ބަހުސް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުގެ 21:00 އިން 23:00 އަށެވެ.

މީގެ އިތުރުން ސަންގުޓީވީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ “ސަންގު ބަހުސް” ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: