ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންއަށް ފާޑު ވިދާޅުވާން ފުރުސަތުދިން ނަމަވެސް، ޔާމީން އަންގަވާ ގޮތަށް މުއިއްޒު ވެރިކަމެއް ނުކުރާނެ: މާރިޔާ

މިއަހަަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ފާޑު ވިދާޅުވާން ފުރުސަތު ދެއްވި ނަމަވެސް، ރައީސް ޔާމީން އަންގަވާ ގޮތަށް މުއިއްޒު ވެރިކަން ނުކުރައްވާނެކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަހަަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މާރިޔާ ވަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މުއިއްޒުއަށް ވެރިކަން ދެއްވައިފިނަމަ ރައީސް ޔާމީންގެ އަނިޔާވެރިކަން އިޔާދަވާނެކަމަށް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، އެހެންކަމުން މިއީ ދެވަނަ ބުރަކަށް ދާންޖެހޭ އިންތިހާބެއް ނޫންކަމަށެވެ. އެމްޑީޕީ އިން އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މުއިއްޒުގެ ވެރިކަމެއްގައި ކަން ކުރައްވާނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަން ކުރެއްވިހާ ގޯސްކޮށްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ތަކުލީފާއި ކުރިމަތިވާނެ ގާނޫނުތައް ހައްދަވާނެކަމަށާއި، ރިޔާސީ އިންތިހާބަށް މުއިއްޒު ކުރައްވާ ކެމްޕެއިންގައިވެސް ފެނިގެންދަނީ ހަރުކަށިކަންކަމަށް މާރިޔާ ވިދާޅުވިއެވެ. ކަން މިހެން އޮތުމުން މުއިއްޒުގެ ވެރިކަން ރައީސް ޔާމީންގެ ވެރިކަމަށްވުރެ ހަރުކަށިވާނެކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ވެސް ދައްކަމުން އެ ގެންދަނީ ގާނޫނުތައް ފާސްކުރުމުގެ ވާހަކަތައް.

މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ނަމަވެސް ރައީސް ޔާމީންއާއި މުއިއްޒުއާއި ދެމެދު މާ ބޮޑު ފަރަގެއް ނެތްކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީންއަށް ފާޑު ވިދާޅުވާން ފުރުސަތުދެއްވި ނަމަވެސް ރައީސް ޔާމީން އަންގަވާ ގޮތަށް ވެރިކަން ނުކުރައްވާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީންއާއި މުއިއްޒާއި އެއްވެސް މައްސަލަ ނުޖެހިއްޖެނަމަ މުއިއްޒުގެ ވެރިކަމުގައި ތަކުރާރުވާނީ 2013 އިން 2018 އަށް ހިނގައިދިޔަ ކަންކަމަށެވެ.

މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި މުއިއްޒު މަސައްކަތް ކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލަގަބު ޕީޕީއެމްއިން ޖަހައިގަތުމަށެވެ. އެގޮތުން ޕީއެންސީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ހެދުމަށް މުއިއްޒު އަމާޒު ހިފާފާވާކަމަށް މާރިޔާ ތުހުމަތު ކުރެއްވިއެވެ.

މުއިއްޒުއަކީ ގާބިލް ބޭފުޅެއް ނޫންކަމަށް ފާހަގަކޮށް މާރިޔާ ދެއްކެވީ މުއިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރުގެ ވާހަކަތަކެވެ. އޭރު އެ މަގާމުގައި މުއިއްޒު ހުންނެވިއިރު އެތައް ހިޔާނާތެއްވީކަމަށްވެސް މާރިޔާ ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ނޫސްތަކުން ފެންނަން ހުރި ކަންކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މުއިއްޒު ކުރަނީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: