ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ގައުމު އިސް ކުރުމުން، ވަޒީފާގެ ބިރެއް ނުދެއްކޭނެ: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ފަތުރުވެރިކަމަށް ހިއްސާވާ ބ. ދަރަވަންދޫ އެއާޕޯޓަށް ތަރައްގީ ގެނެސް މަންފާ ލިބޭނެ މަގު ހަރުދަނާ ކުރަން ޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ބ. ދަރަވަންދޫއަށް މުއިއްޒު ވަޑައިގަތުމުން ރަށުން ވެސް ފާހަގަކުރީ ރާއްޖޭގެ އިގްތިސާދުގެ އެއް ބައިވެރިއެއްގެ ގޮތުގައި އޮތް ދަރަވަންދޫ އެއާޕޯޓު މިހާރަށް ވުރެ ބޮޑަށް ތަރަައްގީވާން ޖެހޭ ކަމަށެވެ. ދުވާލަކު އެތައް ފްލައިޓެއް ޖައްސާ މި އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ނުކުރެވި އޮތުމާއި، އެއާޕޯޓަކުން ފުރިހަމައަށް ލިބެން ޖެހޭ ހިދުމަތްތައް ނެތުމަކީ ގިނަ ބައެއްގެ އަބަދުވެސް އޮންނަ ކަންބޮޑުވުމެކެވެ.

ތަރައްގީގެ ޔަގީންކަން ދެއްވައި މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ދަރަވަންދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވެފައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ބަލަން ޖެހޭ އެހެނިހެން ކަންކަން ހިމެނޭ ކަމަށެވެ.

އެގޮތުން ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމާއި، ތަރުތީބު ކުރެވިފައިވާ ރަނގަޅު ނިޒާމެއްގެ ދަށުން މަޝްރޫއުތައް ކުރިޔަށް ގެންދަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަށްތަކުން މަރުހަބާ ކިއުމަށް ނިކުންނަ މީހުންގެ އަދަދުތައް ގިނަކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ އެ ބްރާންޗެއްގެ މެނޭޖަރުން އިދިކޮޅުގެ ހަރަކާތްތަކަށް މަރުހަބާ ކިޔަން މުވައްޒަފުން ނިކުމޭތޯ ބަލާ ކަމަށެވެ. އަދި އެފަދަކަމެއް ފާހަގަކުރެވޭނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެމުން ގެންދާކަމަށެވެ.

މިއީ ވަޒީފާގެ ބިރު ނައްތާލާނެކަމަށް ބުނެ ވެރިކަމަށް އައި ބައެއްގެ ފަރާތުން ފެނިގެން ވާނެ މަންޒަރެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގިނަ ރަށްތަކުގައި ތިބޭ މަރުހަބާ ކިޔަން ނިކުންނަން ބޭނުންވޭ.. އެކަމަކު މެނޭޖަރު އެބަހުރޭ އެ މީހަކު ނިކުންނަތޯ ބަލަން.. މިއީ އެއްގޮތަކަށް ވެސް މިކަން ވާން ޖެހޭ ގޮތެއް ނޫން

މުއިއްޒު ވިދާޅުވީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ބޭރުން އިތުރު އެއްވެސް ކަމަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އެކަމަކު ރައްޔިތުން ކަންބޮޑުނުވުމަށް ގޮވާލައި މުއިއްޒު ވިދަޅުވީ ވަޒީފާއިން ވަކި ކުރާނަމަ އެއީ އަލުން އިޔާދަ ކުރާނެ ވަޒީފާއެއް ކަމަށެވެ.

ބޮޑު އަޣުލަބިއްޔަތަކާއި އެކު ކޮންމެ ރަށަކުން ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެދެނީ ހުރިހާ ރައްޔިތުން ވެސް އިތުބާރުކޮށް ތަރައްގީގެ އައު މުސްތަގުބަލަކަށް މަރުހަބާ ކިއުންކަމަށެވެ.

މުއިއްޒު ވިދާޅުވީ ކާމިޔާބީ އޮތީ ވަރަށް ގާތުގައިކަމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީއާއި އެ ބަދަލު ގެނެސްދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: