ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާޢީ ފްލެޓުތަކުގެ ކުލި މާފުކޮށްދިނުމަށް ގާސިމް ވައުދުވެވަޑައިގެންފި

ގާސިމް އިބްރާހީމް ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އޭނާގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އޭނާ ދުވަހަކުވެސް ދެކޮޅު ނަހަދާނެކަމަށެވެ. ނަމަވެސް ދިވެހި ދައުލަތުގައި އޮތް، ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައިވާކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އަޅުގަނޑު ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ.

ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ ) އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައި، އަދި ހަމަ އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 – 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ އެވެ!

އެއީ ކޮން ހަމަ އަކުން، ކޮން ކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. އެހެން ކަމުން އޭނާގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނެކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ގާސިމް ވަނީ އެސްއެމްއީ ލޯނުތައް މައާފުކޮށްދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: