ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ އަކީ ސިޔާސީ ލީޑަރުންނަށް ހުރި ނުރައްކަލެއް، ވަގުތުން ވަގުތަށް ހައްޔަކުރަންޖެހޭ: ޑރ ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިފާއި ވަޒީރު މާރިޔާ އަހުމަދު ދީދީއަކީ ސިޔާސީ ލީޑަރުންނަށް ހުރި ނުރައްކަލެއްކަމަށް ވިދާޅުވެ، މާރިޔާ ހައްޔަރުކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައިދު ގޮވާލައްވައިފިއެވެ.

ރޭ ބ އަލިފުށީގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މާރިޔަ ހުންނެވީ ދިފާއީ ވަޒީރުކަމުގައިކަމަށްވުމުން އެކަމަނާއަށް ފާޑު ވިދާޅުވާން ބޭނުން ނުވާކަމަށެވެ. އެހެން ނަމަވެސް މާރިޔާ އަދާ ކުރައްވަމުންދަނީ ދިފާއީ ވަޒީރެއްގެ މަސްއޫލިއްޔަތު ނޫންކަމަށް ފާހަގަކޮށް ޝަހީމް ވިދާޅުވީ ދިފާއީ ވަޒީރުގެ ސަބަބުން ބައެއް ފަރާތްތަކަށް ނުރައްކާ އެބައޮތްކަމަށެވެ.

އެގޮތުން މުއިއްޒު އަދި އެބޭފުޅާގެ އަނބިކަބަލުން ސާޖިދާ މުހައްމަދަށް ނުރައްކާވާފަދަ ވާހަކަތައް މާރިޔާ ދައްކަވަމުން ގެންދަވާކަމަށް ޝަހީމް ވިދާޅުވިއެވެ. މުއިއްޒަކީ ހަރުކަށި ފިކުރުގެ މީހެއްކަމަށް އަދި މުއިއްޒުގެ ކެމެއިންގައިވެސް ފެނިގެންދަނީ ހަރުކަށިކަންކަމަށާއި، އަދި މުއިއްޒަށް ވެރިކަން ދެއްވައިފި ނަމަވެސް ފެނިގެންދާނީ ހަރުކަށިކަންކަމަށް ފާހަގަކުރައްވާ މާރިޔަ ވާހަކަދައްކަވާފައިވެއެވެ. ބެލެވޭ ގޮތުގައި ޝަހީމް އެ އިޝާރާތް ކުރެއްވީ އެ ވާހަކަތަކަށެވެ.

ޝަހީމް ވިދާޅުވީ މިފަދަ ވާހަކަތަކުގެ ސަބަބުން ބޭރުގެ ގައުމުތަކަށް ދަތުރުކުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. މި ސަރުކާރުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި މީހުން އެބަތިބިކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ ޝަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުން ހުރި މީހުން އެބަތިބިއެވެ. އަދި ޝަހީމް ސުވާލު އުފެއްދެވީ ރާއްޖޭގައި ވެރިކަން ކުރަންޖެހެނީ ނޮވެމްބަރު ތިނެއްގައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓުންނާ ގުޅުންހުރި ބައެއްތޯއެވެ.

މިއީ ސަމާސާ ވާހަކަތަކެއް ނޫންކަމަށް ފާހަގަކޮށް ޝަހީމް ވިދާޅުވީ މާރިޔާ ހުންނެވީ ހުދޫދުން ބޭރުވެފައިަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ޝަހީމް ގޮވާލެއްވީ ވަގުތުން ވަގުތަށް މާރިޔާ ހައްޔަރުކުރުމަށެވެ. އަދި އެއީ ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ސަލާމަތަށް ނުރައްކާވާތީކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަޅުގަނޑު ގޮވާލަނީ މާރިޔާ ވަގުތުން ވަގުތަށް ހައްޔަރުކުރަން. މާރިޔާ ހައްޔަރުކުރަންޖެހޭ. މި ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ސަލާމަތަށް ނުރައްކާ ވާވަރަށް މާރިޔާ އެ ނުރައްކާ ކުރަމުން ދަނީ.

ޝަހީމް ވިދާޅުވިއެވެ.

ސާޖިދާއަކީ ސަލަފު ޖަމިއްޔާގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅެކޭ މާރިޔާ ވިދާޅުވެފައިވާކަމަށް ފާހަގަކޮށް، އެ ވާހަކަތައް ޝަހީމް ދޮގުކުރެއްވިއެވެ.

މާރިޔާ! ސާޖިދާއަކީ ސަފަލުގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ނޫން. ސަލަފު ޖަމިއްޔާގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅާ އެހެން މީހަކަށް ދ. އަތޮޅުން ކައިވެނި ބައްލަވައިގެން ލިބިފައި ހުރި ކުއްޖެއް ސާޖިދާއަކީ.

އެކަމުގެ ތަފްސީލުދެއްވާ ޝަހީމް ވިދާޅުވިއެވެ.

މިއަހަަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މާރިޔާ ވަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މުއިއްޒުއަށް ވެރިކަން ދެއްވައިފިނަމަ ރައީސް ޔާމީންގެ އަނިޔާވެރިކަން އިޔާދަވާނެކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ކަން ކުރައްވާނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަން ކުރެއްވިހާ ގޯސްކޮށްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ތަކުލީފާއި ކުރިމަތިވާނެ ގާނޫނުތައް ހައްދަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: