ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަންކަން ކުރަނީ ހަމައެއް، އުސޫލެއް ނެތި: ޤާސިމް

ހަންޏާމީދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ގާސިމް ވާހަކަދައްކަވަނީ. ފޮޓޯ: އިސްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބަށް ނުފޫޒު ފޯރުވުމަށް، އިންތިޚާބާއި ގާތްވުމުން ސަރުކާރުން ކަންކަން ކުރައްވަނީ އެއްވެސް އުސޫލެއް ނެތިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖޭޕީގެ ޖަގައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޭން ހުރި ގޯތި ބަހާފައިވަނީވެސް އެއްވެސް އުސޫލެއް އަދި އިންސާފެއް ނެތިކަމަށެވެ. ސަރުކާރުން ދޫކުރަމުން އަންނަނީ ކޮތަރުކޮއްޓަކަށްވުރެ ކުޑަ ތަންތަން ހަދާފައިކަމަށް ސިފަކުރައްވާ ޤާސިމް ވިދާޅުވީ، އެއް ބަޔަކަށް ހިލޭ ގޯތި ދޫކުރަމުން އަންނައިރު، އަނެއް ބަޔަކަށް ބޮޑު އަގުގައި ގޯތި ވިއްކަމުން އަންކަމަށެވެ. ސަރުކާރުން މިކަންކަން ކުރަމުން އަންނަނީ އެއްވެސް ވަރަކަށް ވިސްނުމަކާއި ނުލާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވައުދުވެވަޑައިގެންވީ އޭނާގެ ވެރިކަމެއްގައި ހިޔާ ފްލެޓުތަކުގެ ކުލި މައާފުކޮށްދިނުމަށެވެ. އޭގެ އިތުރުން އިޖްތިމާޢީ ފްލެޓުތަކުގެ ކުލި މާފުކޮށްދިނުމަށްވެސް ޤާސިމް ވައުދުވެވަޑައިގެންނެވިއެވެ.

މިސަރުކާރުން އެއްވެސް އިންސާފެއް އުސޫލެއް ނެތި ކަންތައް ކުރަމުންދަނީ. އަޅުގަނޑުގެ ވެރިކަމެއްގައި ކުލި މާފުކޮށްދޭނަން.

ޤާސިމް ވިދާޅުވިއެވެ.

ރައްޔިތރުންނަށް ކަންކަން ކޮށްދޭންޖެހޭނީ ހަމަހަމަކަންމަތީ ނަމަވެސް، މި ސަރުކާރުން ކުރާ އެއްވެސްކަމެއްގައި އިންސާފު ނެތްކަމަށް ޤާސިމް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ޤާސިމް މިކަން ސިފަކުރެއްވީ އިންތިޚާބާއި ކައިރިވުމުން ޖަހާ މަޅިއެއްގެ ގޮތުގައިއެވެ.

މީގެ އިތުރުން ޤާސިމް ފާހަގަކުރެއްވީ ސަރުކާރުން އެސްއެމްއީ ލޯނު ދެމުން އަންނަ ގޮތެވެ. ލޯނު ދެނީ ސިޔާސީ ފަރާތްތަކަށްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ސިޔާސީ ފިކުރު ބަދަލުކޮށްދިނަމަ ލޯނުގެ ބަދަލު ސަރުކާރުން ނަގަމުންދާކަމަށެވެ. ގާސިމް ވަނީ އެސްއެމްއީ ލޯނުތައް މައާފުކޮށްދިނުމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: