ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ފާޑު ވިދާޅުވިޔަސް، ޕީޕީއެމްއާއިއެކު ކޯލިޝަނެއް ނަހަދާނަން: އިލްހާމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާސިމްގެ ކެމްޕެއިން ޖަގަހަ ހުޅުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް ޕީޕީއެމްއާއިއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ނަހަދާނެކަމަށް އެ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާސިމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ދެއްކެވި ވާހަކައިގައި އިލްހާމް ވިދާޅުވީ، ގާސިމްއަކީ ގައުމު ބޭނުންވާފަދަ ވެރިއެއްކަމަށާއި، ރާއްޖެއަށް ގާސިމް ގެނައި ތަރައްގީ ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއިއެކު ޤާސިމް ކޯލިޝަން ހެއްދެވީ، އެމަނިކުފާނުގެ މުދާވެރިކަން އިތުރުކުރުމަށް އެމްޑީޕީ އަދި ޕީޕީއެމްއިން ބުނާތީ އެ ވާހަކަތަކަށް ރައްދުދެއްވާ އިލްހާމް ވިދާޅުވީ، އެއީ ތެދު ވާހަކަތަކެއް ނޫންކަމަށެވެ. އަދި މިހާތަނަށް ހެދި އެއްވެސް ކޯލިޝަަކުން ޤާސިމްއަށް ފައިދާވެފައި ނެތްކަމަށް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް މިހާތަނަށް އާދެވިފައިވަނީ ޤާސިމް އާއިއެކު ކޯލިޝަން ހައްދައިގެންކަމަށެވެ.

ގާސިމް ވަނީ 2008 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދެއްވާފައި، 2013 ގައި ވަނީ ޕީޕީއެމަށް ވެރިކަން ހޯދައިދެއްވާފައި ދެން 2018 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިން.

އިލްހާމް ވިދާޅުވިއެވެ.

އެގޮތުން 2008، 2013، 2018 ވަނަ އަހަރު ފާހަގަކޮށް އިލްހާމް ވިދާޅުވީ ނަމަވެސް މިއަހަރު އެކަން ނުކުރާނެކަމަށެވެ. އެކި ފުރުސަތުތަކުގައި ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް، ޕީޕިއެމްއާއިއެކު ކޯލިޝަން ނަހަދާނެކަމަށެވެ.

އޭރުގެ 2013 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމެންދެން އޮތް އަނިޔާވެރިކަން އިޔާދަވިޔަ ނުދެއްވާނެކަމަަށް އިލްހާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: