ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އެދެނީ އިތުރު ހިތްވަރެއްލައި މުއިއްޒު ހޮވުމަށް، އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަކޮށް މަސައްކަތްކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ހޮއްވަވައިދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ވަކީލުން މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ނޫހެއްގައި ރައީސް ޔާމީން މުއިއްޒުއާއި ގުޅޭ ގޮތުން ނުރުހުމުގެ ބަސްތަކެއް ވިދާޅުވެފައިވާކަމަށް ރިޕޯޓުކުރުމާއި ގުޅިގެންކަމަށް ވަކީލުންގެ ޓީމުން މައުލޫމާތުދެއްވިއެވެ.

މި އިންތިޚާބުގައި ރައީސް ޔާމީން ތާއީދުކުރައްވަނީ މުއިއްޒަށްކަމަށް ވަކީލުން ވިދާޅުވިއެވެ.

އެންމެހައި މެންބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރައްވާ އެންމެހައި ސަޕޯޓަރުން ވެސް ވޯޓު ލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިހާބުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެ. ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީން އާއި މުއިއްޒުއާއި ދެމެދު ހަމަނުޖެހުން އެބައޮތްކަމަށް ދޭހަވާފަދަ ގޮތް ގޮތަށް ޚަބަރު ފަތުރަނީ، ރައީސް ޔާމީންއަށް ނަފްރަތުކުރާ، އެމަނިކުފާނަށް ނުހައްގުން އަނިޔާދެމުން ދާ ފަރާތްތަކުން ރާވައިގެންކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ވަކީލުންގެ ފަރާތުން ފާހަގަކުރިއެވެ.

މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކުރީ، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައެވެ. އޭރު ރައީސް ޔާމީންއަށް އިންތިޚާބުގައި ވާދަކުރެވިދާނެކަމާއިމެދު ސްޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ރައީސް ޔާމީންއަށް އިންތިޚާބުގައި ވާދަކުރެވެން ނެތްކަމަށް ސްޕްރީމް ކޯޓުން ނިންމުމާއިއެކު އެމަނިކުފާނު އިންތިޚާބު ބޮއިކޮޓު ކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް އެންގެވި ނަމަވެސް ސެނެޓުން އެދިވަޑައިގަތީ އިންތިޚާބުގައި ވާދަކުރުމަށެވެ.

އެެހެންކަމުން އިދިކޮޅުގެ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު ނެރިފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒާއި ރައީސް ޔާމީން އާއި ދެމެދު ހިޔާލު ތަފާތުވުން އެބައޮތެވެ. ނަމަވެސް މިކަން މުއިއްޒުވެސް ދޮގު ކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ ވެރިކަމަށް އާދެވިއްޖެނަމަ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށެވެ. އަދި ވެރިކަން ކުރައްވާނީ ރައީސް ޔާމީންގެ ލަފައާއި މަޝްވަރާއާއިއެކުކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: