ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ވެރިކަމުގައި ސިޔާސީ ލީޑަރުން ތިބެން ޖެހުނީ ޖަލުގައި: ރައީސް

ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގައި ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” ޖަލްސާގައި ރާއީސް ވިދާޅުވީ 250 އަށް ވުރެ ގިނަ އެކްޓިވިސްޓުން އޭރު ޖަލުގައި ތިއްބެވި ކަމަށެވެ. އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރު، ޕްރޮސެކިއުޓާ ޖެނެރަލް، ޕޮލިސް ކޮމިޝަނަރ، ރައްޔިތުން މަޖިލީހުގެ އެތަށް މެންބަރުންނެއް، އަދި ކުރީގެ ރައީސް މައުމޫން ވެސް ޖަލުގައި އިންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރު ސަރުކާރެއް ބަރާބަރަށް ހިންގޭވަަރަށް ޖަލުގައި މީހުން ތިއްބެވިކަމަށެވެ. އެއީ މާލޭގައި އެއް ސަަރުކާރު  އަދި ދޫނިދޫގައި އަނެއް ސަރުކާރު ކަމަށް ވިދާޅެ، ގަދަވީ ރައީސް ގެ ސަރުކާރު ކަމަށް ވިދާޅުވިއެވެ.

ރިޕޯޓެއްގެ މައްސަލައިގައި އޮޑިޓާރ ޖެނެރަލް މަގާމުން ވަކި ކުރި ގޮތް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެއްރޭ ގަދަކަމުން ރައްޔިތުންގެ މަޖިލިސް ހުޅުވައިގެން ވޯޓެއް ނަންގަވައި މެންބަރުން ގެއަށް ފޮނުވާލި ކަމަށެވެ. އެއީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރިޕޯޓެއް ހަދައި އޭރުގެ ރައީސަށް ރިޕޯޓެއް ހުށަހެޅުމުން ރައީސް ޔާމީން ވަނީ ހަފްތާއެއް ނުވެ އޭނާ މާގާމުން ވަކިކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އުއްތަމަ ފަނޑިޔާރަށަށާއި، ޕޮލިސް ލޮމިޝަނަރަށާއި ޕރޮސެކިއުޓާ ޖެނެރަލްއަށް ވެސް އެހާލަތު އައި ކަމަށް ތރައީސް ވިދާޅުވެ އެދުވަސް ދެން ދެކެން ބޭނުންވާނީ ކާކުތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ވޭތުވެދިޔަ ފެހި ގާނޫނު އަސާސީގެ ދަށުން ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ރައްޔިތުން އިންތިހާބު ކުރަނީ ކޯލިޝަން ސަރުކާރަކުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއް އިންތިހާބު ކުރާތާ ކުޑަ ދުވަސް ކޮޅެއް ތެރޭ އުވިގެން ދާކަމަށް ވެސް ވިދާޅުވިއެވެ. ދެ ފަހަރަކުވެސް ކަން ހިނގަމުން އައީ ހަމަ އެހެން ކަމަށާއި ނަމަވެސް މި ފަސް އަހަރު އެމނަިކުފާނު ހޭދަ ކުރައްވަނީ ރައްޔިތުން ހަވާލުކުރި އަމާނާތް ހަމައެގޮތުގައި ކަމަސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި ރާއްޖެއަށް މީން ދުވަހަކު ނުގެނެވޭ ވަރުގެ ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށް ރައްޔިތުން ބުނަމުން ދާކަމަށެވެ.

ރައިސް ވިދާޅުވީ ކުދިން ކިޔަވަން ކުރާ ބުރަ މަސައްކަތް އެމަނިކުފާނު ތަޖުރިބާ ކޮށްފައިވާކަމަށެވެ. ބޯފެން ހޯދުމަށް ރައްޔިތުން ވަޅުކޮނެގެން ދިރިއުޅެން ޖެހުނު ދަތި އުނދަގޫ އެމަނިކުފާނު ދެކެވަޑައިގަންނަވާފައި ވާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އެޅުމަކީ ބޭކާރުކަމެއް ކަމަށް ބުނާ މީހުންނަކީ އެކަން ތަޖުރިބާ ނުކުރާ މީހުން ކަމުގައި ރައީސް ވިދާޅުވިއެވެ. ރައިސް ވިދާޅުވީ މާލެގައި ދިރިއުޅުއްވާތާ 50 އަހަރު ވީ އިރު މާލޭގެ ހާލަތު އެންމެ ރަނގަޅަށް ދެނެވަޑާއިގަންނަވާނީ އެމަނިކުފާނަށް ކަމަށެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި ޓުރެފިކުގެ މައްސަލައާއި، އަދި ގޭންގުތަކުގެ މައްސަލައަކީ، ހައްލު ކުރަން ޖެހޭ މައްސަލަ ތަށް ކަމަށް ރައިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: