ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް؛ ރާއްޖޭގެ ބޮޑެތި ފަޅުތާކައި ރަށްތައް ވިއްކި ގޮތަށް މާލޭގެ މަގުތަށް ވިއްކާ ހުސްކޮށްފި!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ވިއްކި ގޮތަށް ޕީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަުދ މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނަވައި  މާލޭގެ މަގުތަށް ވިއްކާ ހުސްކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާހިލް ވިދާޅުވެއްޖެއެވެ.

”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮިކަމުގެ ތެރޭގައި އެންމެ ގެއްލުންވީ މީހުންނަކީ މާލޭގެ ރައްޔިތުން ކަމަށެވެ. މާލެއަށް ދިމާވެފައިވާގިނަ ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ޓުރެފިކާއި މަގުތަކުގެ މައްސަލަ އަކީ ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް މަތިކޮށްފައި އޮތް ކަމެއްކަމަށެވެ. ޕާކިންގ އަށް ސްލޮޓުތަށް ދޫކޮށްފައިވަނީ އެޑްވާންސްއަށް ލާރި ނަގާފާއި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދެން މާލޭގެ މަގުތަށް ވިއްކާފައި ކެމްޕެއިން ކުރާކަށް ފުރުސަތެއް ނޯނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފަނުގެ ސިޔާސަތަކީ މަގުތަށް ހުސްކޮށް ވަކި ޕާކިން ސަރަހައްދުތަކެއް ކަނޑައެޅުން ކަމަސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބާރު ސްޕީޑުގައި ލާންޗުގައި އައިސް ބަނދަރަށް ގާތްކޮށް ކާރަށް އަރައި ގެއަށް ދާ މީހުންނަށް ރައްޔިތުންގެ ހާލަތު ނުވިސްނޭނެ ކަމަށެވެ. ކަރަންޓު ނެތިގެން ފުޅިބައްތި ދިއްލައިގެން ރައްޔިތުން އުޅޭހާލު އެކަން ތަހައްމަލު ނުކުރާ ބަޔަކަށް ނޭންގޭނެ ކަމަށްވެސް ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ކަރަންޓު ރަނގަޅު ކޮށްދެއްވަނީ އެކަމުގެ ތަޖުރިބާ ހުނެވުމުން ކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ ހުރިހާ ކަމަކަމަށް ސިޔާސީ ހަަލަބޮލިކަމުގެ އަސަރު ކުރިކަމަށެވެ. މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރި ސަރުކާރަކީ މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރު އެންމެ ވިޔަފާރިއެއްވެސް ހިންގެން ނެތްކަމަށާއި މަގުމައްޗަށް ނިކުމެވެންވެް ނެތްކަމަށެވެ. ނަމަވެސް މިއަދު ވިޔަފާރިވެރިން ރައީސް އާއި ބައްދަލު ކުރައްވާ ބުނަމުން ދަނީ މިހާރު ވިޔަފާރި ކުރަމުން ދަނީ ވަރަސް ފަސޭހައިގައި ކަމަށެވެ.

މާލޭގެ 19000 ރައްޔިތުންނަށް މިއަދު ވަނީ ބިން ކަނޑާ އިންވަކިކޮށް ގޯތި ދެއްވާފަ ކަމަށާއި އަދި 13000 ރައްޔިތުންނަށް ފުލެޓު ކަށަވަރު ކޮށްދީފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިޑާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށެވެ. މަގުތަކުގެ ޕާކިންގތައް ނަގައި ރައްޔިތުންނަށް ހިނގާއުޅެވޭ ތަނަކަށް މާލޭގެ މަގުތަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއަށް ވެވަޑައިގެން ވައުދުގެ ތެރޭގައި ފުނަދޫގައި ބާއްވާފައިވާ ތެޔޮ ޓޭންކަރުތަށް ބަދަލުކޮށް، ކޮންވިންސެންޓަރަކާއި، ބިޒްނަސް ސެންޓަރަކާއިއެކު ހޮޓަލެއް އަޅައި މާލެއައި އެކު ކަނެކްޓުކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ފައިސާ އަވައްޓެރި ގައުމަކުންވަނީ ކަނޑައަޅައި ނިންމައިފައި ކަމަސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ ޓާފް ދަނޑުތާކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި މެދު ގިނަ ބަޔަކު ސުވާލުއުފައްދާ ފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިިން 15 މެޑަލް އާއިއެކު އޮތް ޓީމު މިއަދު އައިއޯއަޖީގައި 27 މެޑަލް ދިވެހި ކުޅުންތެރިން ހޯދައި ޖީޓީ ފައިންލް ގައި ދެ އަންހެންކުދިން ކުޅެ ގޯލްޑާއި ސިލްވަރ ހާސިލްކުރީ ދެދިވެހިން ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރާ ސަބަބު ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާ މިއަދު ފެންނަމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ މާތްވެގެންވާ އިސްލާމްދީނާއި ސައްހަ އަގީދާއާއި ދިވެހި ގައުމިއްޔަތަށްޓަކައި އަދި އިސްފުލޭނެ ހާރިޖީ ސިޔާސަތާކީ މައިގަނޑު ސިޔާސަތު ކަމަށެވެ. އިންޑިއާ ފަސްޓު ޕޮލިސީ އާއި ވަން ޗައިނާ ސިޔާސަތުގައި ދެމިތިއްބަވާނީ ހެނދުނު  ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަން ކުރަނީ ހަގީގަތުގައިވެސް އެކަން ގަބޫލުކުރައްވާތީ ކަމަސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަސް އތަ ތަނުގައިވެސް އެކަކުވެސް ބާކީ ނުކުރާނެ ކަމަށެވެ. އަދި އެއްވެސް ރަށެއްވެސް ބާކީ ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިހާބެއް ކާމިޔާބު ކުރުމަށް ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށާއި ނަތީޖާ ބަދަލުކުރުމަށް ބޭނުންވާނީ އެންމެ ވޯޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: