ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެނދުނު ފިރުމާފަ، ރޭގަނޑު ފުރައްސާރަ ކުރުމުގެ ޚާރިޖީ ސިޔާސަތެއް އޮވެގެން ނުވާނެ: ރައީސް

ސަންގު ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަކާއި މެދު ވިސްނާ ވިސްނުންތައް ދުވަހުން ދުވަހަށް ބަދަލުވުމަކީ ގެންގުޅުއްވާނެ ސިޔާސަތެއް ނޫންކަމަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިރޭ ކުރިޔަށް ދާ، ރިޔާސީ ކެންޑިޑޭޓުންގެ ސަންގު ބަހުސްގަ އެވެ.

ޚާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކާއި އެކު ގާތް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންނަށް އެކަމުގެ ނުހަނު ގިނަ ފައިދާތަކެއް ވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ބައެއް ބޭފުޅުންގެ ވިސްނުމަކީ ހެނދުނު ހޭލައި ގައުމަކަށް ތައުރީފު ކުރުމަށް ފަހު، ރޭގަނޑު ފުރައްސާރަ ކުރުންކަމަށާއި އެއީ އެކަން އޮނަންޖެހޭނެ އުސޫލެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ އެންމެނަށް ފައިދާ ވާ ގޮތަށް، ދިވެހި ރައްޔިތުންނަށް ގެއްލުން ނުވާނެހެންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: