ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާބިލުކަން ނެތި، ވައުދު ނުފުއްދޭނެކަން މި ފަސް އަހަރުން ފެނިއްޖެ: އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވައުދުތަކެއް ވި ނަމަވެސް ވެރިކަމަށް އައުމަށްފަހު، އެ ވައުދުތައް ނުފުއްދި ދާތަން އަންނަކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރުން އެނގިގޮސްފައިވާކަމަށް އެގޮތަށް ދިމާވަނީ ވަމުންދާ ވައުދުތައް ފުއްދުމުގެ ގާބިލުކަން ނެތުމުންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތ ވޭމަންޑޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމަކީ އަދި ތަހުތުގައި އިޝީން ނަމަވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ މަގާމެއް އަދާކުރައްވާ މީހެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުންނަން ޖެހޭނެކަމަށެވެ. އެގޮތުން ގައުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ވަޑައިގަންނަވާ މީހެއްގެ ކިބައިގައި އެކަން ކުރުމަށް ބޭނުންވާ އިލްމީ ގާބިލުކަން ހުނަން ޖެހޭކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިލްމާއިއެކު މަސައްކަތްތައް ކުރުމުގެ އަމަލީ ތަޖުރިބާވެސް ހުންނަންޖެހޭނެކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އަދާކުރައްވާ މަގާމަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިހުލާސްތެރިކަންވެސް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، ވެރިކަން ހޯދުމުގެ ނިޔަތުގައި ވައުދުތަކެއް ވުމަކީ ވެރިކަން ކުރެވިދާނެކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެކަން ސާފުވެގެންދިޔައީ ދެ ވެރިކަމެއް އަޅާ ކިޔާލުމުންކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ވާދަކުރެއްވިއިރު، އެއްވެސް އެހެން ކެންޑިޑޭޓަކާއި ވާދަނުކުރައްވާކަން ތަކުރާރުކުރައްވަމުން ގެންދިޔަކަމަށާއި އެމަނިކުފާނު ވާދަކުރައްވަމުންދަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއިކަމަށް ވިދާޅުވިކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 2013 އިން 2018 އާއި ދެމެދު ރާއްޖޭގައި ކުރި ވެރިކަމުގައި މުޅިންވެސް ފެނިގެންދިޔައީ ގައުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވި މަންޒަރުކަމަށެ. އަދި މިއަދުވެސް ރައީސް ޔާމީން ޖަލުގައި ދުވަސްތަކެއް ތަހައްމަލުކުރައްވަމުންދަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ބަސް ބުނަމުންދާތީކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ހިތުގައި ރައީސް ޔާމީން އަށް އޮތް ލޮތްބާއި ގަދަރު އެނގިވަޑައިގަންނަވާކަމަށާއި އެމަނިކުފާނު މިނިވަންކޮށް ހުންނަވާ މަންޒަރު ދެކުމަށްވެސް ރައްޔިތުން އެދެމުންދާ މިންވަރުވެސް ސާފުކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެނައުންކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރަން ބޭނުންވާ ރައްޔިތުންނަށްވެސް އޮތް މަގަކީ ޑރ މުއިއްޒުކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެދެމުންދާ ރައްޔިތުންނަށްވެސް އެކަން ހާސިލުވާނީ ޑރ މުއިއްޒު ވެރިކަމަށް ގެނެސްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: