ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް މި އަންނަނީ މަޝްރޫއުތައް ހުއްޓުވާކަން ނޫން، ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން: މުއިއްޒު

ހިރިލަންދޫގެ ރައްޔިތުންނާއި މުހާާތަބު ކުރައްވާ މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވެރިކަމަށް އަންނަނީ މަޝްރޫއުތައް ހުއްޓުވުމަށް ނޫންކަމަށާއި، ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް އިދިކޮޅުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް 6 ދުވަހަށްވެފައިވާއިރު، ކެނޑިޑޭޓުން ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން މުއިއްޒު މިއަދު ދަތުރު ކުރައްވަމުންދަނީ ތ އަތޮޅަށެވެ. ތ ހިރިލަންދޫއަށް މުއިއްޒު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް ހިރިލަންދޫއިން، މެޖޯރިޓީ ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ދެން އަންނަ ސަރުކާރަކުން، މި ސަރުކާރުން ކުރަމުން އަންނަ މަޝްރޫއުތައް ހުއްޓުވާނެކަމަށް ބުނަމުން އަންނާތީ މުއިއްޒު ވިދާޅުވީ، އޭނާ ވެރިކަމަށް އަންނަނީ ހުއްޓިފައި ހުރި މަޝްރޫއު ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށެވެ. އޭނާގެ ވެރިކަމެއްގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިރިލަންދޫއިން މުއިއްޒަށް ދެންނެވި މަރުހަބާގެ ތެރެއިން.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތަރައްގީ ދަސްކޮށްދެއްވާފައިކަމަށާއި، އެހެންކަމުން އިދިކޮޅުގެ ވެރިކަމެއްގައި ތަރައްގީ ގެނެވިދާނެތޯ ސުވާލު އުފައްދަން ނުޖެހޭކަމަށެވެ.

ރައީސް ޔާމީންގެ ދައުުރުގައި ބިން ހިއްކޭނެ ރަށްތައް ދެނެގަތުމަށް ހެދި ދިރާސާ ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ތ ހިރިލަންދޫ ހިމެނޭކަމަށެވެ. ތ ހިރިލަންދޫ ބިން ހިއްކާނެކަމަށް ވައުދުވެ މުއިއްޒު ވިދާޅުވީ، މި ބިމުގައި މުޅި ދިވެހިރާއްޖެއަށް ފައިދާ ހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ. ހިރިލަންދޫގައި 25 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ފާހަގަކޮށް މި ތަނުގައި އުމްރާނީ އަދި އިގްތިސާދީ ގޮތުން ފައިދާ ހުރި ކަންކަކޮށް، ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އެ ބިން ބޭނުން ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމުގަިއ ވަކި ރައްޔިތަކު އިސްތިސްނާ ނުކުރާނެކަމަށް ފާހަގަކޮށް މުއިއްޒު އިތުރަށް ވިދާޅުވީ ހިރިލަންދޫގެ ރައްޔިތުން ބޭޏުންވާފަދައިން ސިޓީ ހޮޓާ އެޅޭނީ ބިން ހިއްކައިގެންކަމަށެވެ.

ހިރިލަންދޫއިން މުއިއްޒަށް ދެންނެވި މަރުހަބާގެ ތެރެއިން.

މަސްވެރިންގެ ހުރި ޝަކުވާތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ތ ހިރިލަންދޫގެ ބަނދަރު މަސްވެރިންނަށް ފައިދާ ވާނެ ގޮތަށް، ބޮޑުކޮށް ތަރައްގީީ ކޮށްދެއްވާނެކަމަށެވެ. އަދި ކޯލްޑް ސްޓޯރޭޖް އިތުރުކޮށްދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މުއިއްޒު ވައުދުވެވަޑައިގަތީ ބޮޑު މަގުތަކަށް އިސްކަން ދެއްވައިގެން ހިރިލަންދޫގެ މަގުތައް ތަރައްގީކޮށްދެއްވާނެކަމަށެވެ. އިންތިހާބަށް ވަގުތު ކުޑަތަވަމުން އަންނާތީ ބައެއް ރަށްތަކަށް ދަތުރުކުރާނެ ވަގުތު ނެތް ނަމަވެސް، އޭނާގެ ވެރިކަމެއްގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރަށް ރަށުގެ އާބާދީއަށް ބަލާ ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: