ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. ގުރައިދޫއިން ޑރ މުއިއްޒަށް ތާރީހާއި ގުޅިފައިވާ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް!

ގުރައިދޫއިން މުއިއްޒަށް ކިއީ ހޫނު މަރުހަބާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ތ ގުރައިދޫއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ނިކުމެ، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި މުއިއްޒު މިއަދު ދަތުރު ކުރައްވަމުން ގެންދަވަނީ ތ އަދި ލ އަތޮޅުގެ ރަށްތަކަށެވެ.

ތ އަތޮޅުގެ 6 ވަނަ މަންޒިލް، ގުރައިދޫއަށް މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ތާރީހީ ހަރަކާތްތަކާއިއެކު، ކުރިއަށް ދިޔަ މި މަރުހަބާ ދެންނެވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ގުރައިދޫއިން މުއިއްޒަށް ކިއީ ހޫނު މަރުހަބާ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދައުރުން ފެށިގެންވެސް، ރަށަށް ހާއްސަ މެހެމާނުން ވަޑައިގަންނަވާއިރު، ގުރައިދޫގެ ރައްޔިތުން އަންނަނީ، ދުރު ފަޅަކުން ހިލަވެލި ގެނެސްގެން، އޭގައި ރަތް ކުލަ ޖައްސައިގެން، ރަތް ދޫލައެއް ގޮތަށް އަޅައިގެން މަރުހަބާ ކިޔަމުންނެވެ.

އެގޮތުން މިއަދު މުއިއްޒަށްވެސް ކިއީ މިފަދަ، ރަތް ދޫލައިގެ މަރުހަބާއެކެވެ.

ގުރައިދޫއިން މުއިއްޒަށް ކިއީ ހޫނު މަރުހަބާ.

މުއިއްޒު ސަލާން ކުރަމުން ދިޔަ ވަގުތު، ރަށުގެ ރައްޔިތުން ދިޔައީ މުއިއްޒު އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރާނެކަމަށް ފާހަގަކޮށް، އަޑުގަދަ ކުރަމުންނެވެ. ގުރައިދޫގެ މުއިއްޒުގެ ސަޕޯޓާރުން ބުނަމުން އައި ގޮތުގައި މި ރަށުން މުއިއްޒަށް 80 އިންސައްތަ ތާއީދު، މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ލިބޭނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މުއިއްޒު އަންނަނީ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަ ކުރައްވާ، ވަކި ރަށް ރަށަށްވާ ހާއްސަ ވައުދުތައްވެސް ހިއްސާ ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: