ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޒައާމަތުގައި ގެނެސްދިން ތަރައްގީ އަލުން އަނބުރާ އިޔާދަ ކުރާނަން: މުއިއްޒު

މުއިއްޒު ތ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެނެސްދިން ތަރައްގީ އޭނާގެ ވެރިކަމެއްގައި އަލުން އަނބުރާ އިޔާދަކޮށްދެއްވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ގުރައިދޫއަށް ގެނައި ތަރައްގީ އަނބުރާ ގެންނާނެކަމަށެވެ. ފާއިތުވެދިޔަ 3 މަސް ދުވަހު ދަތުރުކުރި ރަށްތަކުން ފެނިގެން ދިޔައީ ސަރުކާރަށް ތަރައްގީ ނުގެނެވުނު މަންޒަރުކަމަށް މުއިއްޒު ވިދާޅުވިއެވެ.

ތަރައްގީ ގެނައުމަށްޓަކައި އެންމެ މުހިންމުކަމަކީ މަގުތައް ހެދިގެން ދިއުންކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގުރައިދޫގެ މަގުތައް ތަރައްގީ ކޮށްދެއްވާނެކަމަށެވެ.

ތ ގުރައިދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.

މިސަރުކާރާއި ހިލާފަށް، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައިވީ ވައުދުތައް ފުއްދެވިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުރައިދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެކަމަށް ފާހަގަކޮށް، މުއިއްޒު އިތުރަށް ވައުދުވެވަޑައިގެންނެވީ، ގުރައިިދޫގައި އެއާޕޯޓެއް އަޅައިދެއްވުމަށެވެ. އަދި މި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އިގްތިސާދީ ކަންކަމުގައި ލަފާދެއްވާނެކަމަށެވެ.

މުއިއްޒު ތ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން.

މީގެ އިތުރުން ސުކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކޮށްދެއްވާނެ މަސައްކަތްތަކެއްގެ ގޮތުގައި، ތ ދިޔަމިގިލި ސުކޫލުގެ ޖާގަ އިތުރުކޮށްދެއްވުމަށް 10 ކްލާސްރޫމް އަޅައިދެއްވާނެކަމަށެވެ. މަލްޓި ޕާޕަސް ހޯލެއްވެސް ދިޔަމިގިލި ސުކޫލުގައި އަޅައިދެއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. މުއިއްޒު ވަނީ ކެމްޕެއިންގައި ހުރިހާ ރަށަކަށް ވަޑައިނުގަނެވުނު ނަމަވެސް، އެއްވެސް ރަށެއް އޭނާގެ ވެރިކަމެއްގައި ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ގުރައިދޫއަށް ގެނެސްދިން ތަރައްގީ އަލުން އަނބުރާ އިޔާދަ ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: