ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ގެނެވޭނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވިގެން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ދަތުރު ފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކޮށްގެން ނޫނީ ތަރައްގީތަކެއް ގެނެވެން ނެތްކަމަށް ގަބޫލުކުރައްވާކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގދ ގައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ރާއްޖޭގެ ތަރައްގީ އާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން ތަރައްގީ ގެނައުމަށްޓަކައި އެކަށީގެންވާ ގޮތެއްގެ މަތިން ބައްޓަން ކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމެއް މުހިންމުކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގައްދޫ ކައިރީގައި ބިނާ ކުރެވިފައިވާ އެއަރޕޯޓަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި އެ ތަން ތަރައްގީކޮށް އެ ތަރައްގީތަކާއި ގުޅުވައިގެން ކަންކަން އިންތިޒާމުކޮށްގެން ނޫންގޮތަކަށް ގައްދޫގެ ރަށްވެހިންނަށް ތަރައްގީ ހާސިލުކުރެވޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ނާޒިމް ވިދާޅުވިއެވެ،.

ނާޒިމް ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި އެ އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދުތައް އިތުރުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސިޓީ ހޮޓަލެއް ބިނާކޮށްދެއްވާނެކަަމަށާއި އެތަން މާވަރުލު އެއަރޕޯޓާއި ގައްދޫ ކޯޒްވޭއަކުން ގުޅުވައިދެއްވާނެކަމަށެވެ. ނާޒިމް ވިދާޅުވީ، އިސްވެ ބަޔާންކުރެއްވި މަގުން ކަންކަން ކޮށްގެން ނޫން ގޮތަކަށް ތަރައްގީ ހާސިލުވެގެން ނުދާނެކަމަށެވެ.

އޭނާ ވިދާޅުވީ، ގައްދޫއަކީ އާބާދީ ބޮޑު ރަށެއްކަމަށާއި އެ ރަށުގައި ބިން ބޮޑުކުރެވެން އޮތުމުން އެ ރަށް ތަރައްގީވެގެންދާނީ ތަފާތު ކަންކަންތަކެއް ކުރެވިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ވިދާޅުވަނީ، މާލެއަށް މީހުން ޖަމާކުރުމަކީ އޭނާ ގެންގުޅުއްވާ ވިސްނުމަކަށް ނުވާތީކަމަށެވެ. ނާޒިމް ވިދާޅުވީ، މާލެ ނޫން ރާއްޖޭގެ އެހެނިހެން ސަރަަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމަށް އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ގައްދޫ އަދި މާވަރުލު ގުޅުވާލައި އެ ރަށަކީ ރާއްޖޭގައި ހުރި ވަރުގަދަ އާބަން ސެންޓަރަކަށް ހައްދަވައިދެއްވާނެ ވާހަކަ ދަންނަވާކަމަށެވެ.

ނާޒިމް ވިދާޅުވީ، އިގްތިސާދީ ކުރިއެރުން ލިބިގެންދަނީ އެތަނެއްގައި ގިނައިން މީހުން ދިރިއުޅެމުންދާނަމަ ކަމަށެވެ. ނާޒިމް ވިދާޅުވީ، ވިޔަފާރި އާލާވެގެންދާނީވެސް ގިނައިން މީހުން ދިރިއުޅުމުންކަމަށް ގަބޫލުކުރައްވާކަމަށާއި ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނީވެސް ހަމަ އެގޮތުގެ މަތިންކަމަށެވެ. އެހެންކަމުން ގައްދޫގެ ރަށްވެހިން އެދެމުންދާ ތަރައްގީ އާއި ހިސާބަށް ވާސިލުކޮށްދެއްވުމުގެ ގޮތުން އޭނާ ގެންގުޅުއްވާ ވިސްނުމަކީ މާވަރުލު އާއި ގުޅުވާލުންކަމަށް ނާޒިމް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ބިން އިތުރުކުރެވިގެންދާނެކަމަށެވެ. އަދި ބިން ހިއްކުމުގެ ސަބަބުން އާބާދީ އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށާއި އެހެންކަމުން ހިދުމަތްތައް ފުޅާވެގެންދިއުމަށްވެސް ފަހިވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި އެކަންކަން ހާސިލުކުރައްވާނެކަން ޔަގީންކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެ ސަރަހައްދުގައި ގާއިމުކުރެއްވުމަށް ކަނޑައެޅިފައިވާ އާބަން ސެންޓަރުން އެ ރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ބިން ހޯދުމަށް ފުރުސަތު ހުޅުވާލައްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: