ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގެ ކާޑު އެކްސްޕޯޓު މަސައްކަތަށް ޖާގަ ދިނުމަށް ރަޝިއާއިން ޝަރުތުތަކެއް ހުށައަޅައިފި!

ރަޝިއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންއިން ކުރަމުންދާ ކާޑު އެކްސްޕޯޓުކުރުމުގެ މަސައްކަތްތަކަށް ފެއްޓުމަށް ޖާގަ ދޭނީ އެ ގައުމުގެ ދަނޑުވެރިކަމުގެ އެކްސްޕޯޓު މަސައްކަތްތަކަށް ހުޅަނގުގެ ގައުމުތަކުން އެއްބާރުލުން ދީގެންކަމަށް ރަޝިއާއިން ބުނެފިއެވެ.

މީޑިއާތަކުން ބުނާގޮތުން، ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވަނީ ޔޫކްރެއިންގެ ކާޑު އެކްސްޕޯޓުކުރުމުގެ މަސައްކަތްތަކަށް ޖާގަ ދެއްވާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. އެގޮތުން އދގެ ވެސް ބެލުމުގެ ދަށުން ގާއިމުކުރުމަށް މަސައްކަތްކުރަމުންދިޔަ އެއްބަސްވުމާއި އެއްގޮތުގެ މަތިން އެ ސަރަހައްދުން ޔޫކްރެއިންގެ ކަނޑު އުޅަނދުތަކަށް ރައްކައުތެރިކަމާއިއެކު ދަތުރުކުރެވޭނީ އެ ގައުމުގެ ދަނޑުވެރިކަމުގެ ދާއިރާއަށް ލުއިތަކެއް ލިބިގެންދާ ބައެއް ޝަރުތުތަކަށް ހުޅަނގުން އެއްބަސްވެގެންކަމަށް ވިދާޅުވެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ޔޫކްރެއިން އަދި ހުޅަނގުގެ ބައިވެރިން ރަޝިއާގެ ޑިމާންޑުތަކަށް އަހައްމިއްޔަތުކަން ދީފައިނުވެއެވެ. އެހެންނަމަވެސް ޕުޓިން ދާދި ފަހުން ވިދާޅުވި ވިދާޅުވުމުގެ ސަބަބުނާއި ތުރުކީގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާން އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ސަބަބުން ކާބޯތަކެތީގެ އެކްސްޕޯޓަށް ޖާގަ ދިނުމަށް އދ އިން ގާއިމުކުރުމަށް މަސައްކަތްކުރަމުންދިޔަ އެއްބަސްވުން ގާއިމުކުރެވިދާނެކަމުގެ އުންމީދެއް ލިބިގެންދާކަމަށާއި އެ އެއްބަސްވުމަކީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އިންތިހާއަށް މުހިންމު އެއްބަސްވުމެއްކަމަށް ބުނެފައިވެއެވެ. ރަޝިއާއިން އެ އެއްބަސްވުމުން ބޯދަމައިގަތުމާއިއެކު އދއިންވަނީ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިކަން ފާހަގަކުރެވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ޕުޓިންވަނީ އެ ގައުމުގެ ޝަރުތުތައް ފުރިހަމަ ކުރެވިއްޖެ ހާލަތެއްގައި ނުވަތަ އެ ޝަރުތުތަކަށް އެއްބަސްވެވިއްޖެ ހާލަތެއްގައި އދ އިން ގާއިމުކުރުމަށް މަސައްކަތްކުރި އެއްބަސްވުން މަދު ދުވަސްތަކެއްގެ ތެރޭގައި ސޮއިކުރެވޭނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. އަދި އެރްތުޤާންވެސް ވަނީ މިހާރުގެ ހާލަތު ބަދަލުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އައު އެއްބަސްވުމެއް އެކުލަވާލެވިފައިވާކަމަށާއި އެހެންކަމުން މަދު ދުވަސްތަކެއްގެ ތެރޭގައި ހައްލެއް ލިބިގެންދާކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: