ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ޓޫރިޒަމަށް ފައިދާވެ، ދަނޑުވެރިކަން ކުރިއަރާނެ މަޝްރޫއުތައް ތޮއްޑޫގައި ކުރިއަށް ގެންދާނަން: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ޓޫރިޒަމަށް ފައިދާވެ، ދަނޑުވެރިކަން ކުރިއަރާނެ މަޝްރޫއުތައް ތޮއްޑޫގައި ކުރިއަށް ގެންދާނަންކަމަށް ޕީއެންސީގެ  ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުވިދާޅުއްވެޖެ އެވެ.

ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި މުއިއްޒު އެންމެ ފުރަތަމަ ޝުކުރު އަދާކުރެއްވީ ތޮއްޑޫއިން ކީ ހޫނު މަރުހަބާއަށެވެ. މުއިއްޒު އެދިވަޑައިގަތީ ވިސްނުމަށްފަހު ގައުމުގެ މިނިވަންކަމަށް ވިސްނުމަށް ފަހުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުދެއްވުމަށެވެ.

ތޮއްޑޫއަށް  މުއިއްޒު ވެވަޑައިގެން ވައުދުތައް:

  • ސުކޫލުގައި 10 އަކަށްވުރެ ގިނަ ކްލާސްރޫމް އިތުރުކޮށްދިނުން. އަދި އެހެން ފެސިލިޓީތައްވެސް އިތުރުކޮށްދިނުން.

  • ހޮސްޕިޓަލް ތަރައްގީކުރުން. ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ގެނައުން.

  • ސުކޫލު އެއް ދަން ފަޅިއަކަށް ބަދަލުކުރުން.

  • މަގު ހެދުމުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުން.

  • ދަނޑުވެރިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު ބައިވެރިއަކަށް ތޮއްޑޫ ހެދުން.

  • ޑޮލަރު އޭޓީއެމްއެއް ހިމެނޭ ގޮތަށް ބެންކް ބުރާންޗެއް ގާއިމްކުރުން.

ތޮއްޑޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއްކަމުން އެކަމަށް ބޭނުންވާ އެހީތައް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ލުއި ލޯނުތައް ފޯރުކޮށްދިނުން މުއިއްޒު ފާހަގަކުރެއްވިއެވެ. އޭނާގެ ވެރިކަމެއްގައި ދަނޑުވެރިކަމަށް ހާއްސަކޮށް މިނިސްޓްރީއެއް އުފެއްދުމަށް ވެފައިވާ ވައުދުވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްކަމަށް ފާހަގަކޮށް، ލޯކަލް ޓުރިޒަމް އިތުރަށް ފުޅާ ކުރުމަށްޓަކައި ބޭނުންވާ ކަންކަން ކޮށް، ތޮއްޑޫގައި ހިންގާ މަޝްރޫއުތަކަކީ ލޯކަލް ޓޫރިޒަމަށް ފައިދާވާނެ މަޝްރޫއުތަކަަކަށް ހަދާނެކަމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މިގެ އިތުރުން ގައުމުގެ މިނިވަންކަން އަބަދުވެސް ދިފާއު ކުރައްވާނެެކަމަށާއި، ހާރިޖީ ސިޔާސަތުތައް ގައުމަށް ފައިދާވާނެ ގޮތަށް ބަދަލު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: