ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިޒީން އެމްޑީޕީއަށް ސޮއިކޮށްފި!

ފޯމު ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސޯޝަލް މީޑިއާގެ އިންފުލެއެންސަރ، އަދި މޮޑެލް ފާތިމަތު ޒަޔަން، ނުވަތަ ކައިޒީން އެމްޑީޕީއާއި ގުޅި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.

ކައިޒީން އެމްޑީޕީއާއި ގުޅުމަށް ފަހު އެ ޕާޓީއާއި ގުޅުނު ފޯމު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހަވާާލުކޮށްފައެވެ. ކައިޒީންގެ ތާއީދު ރައީސް ޞާލިޙަށް އޮތްކަން ހާމަކޮށް, މިއަދު އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި ރައީސް ޞާލިޙާއެކު ނަންގަވާފައިވާ ފޮޓޯއެއް ރައީސް ޞާލިޙްގެ ކެންޕެއިން ޓީމުން މިއަދު މީޑިއާތަކާ ވަނީ ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި 130،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީންއަކީ ގިނަ ދިވެހިންގެ ތެރޭގައި މަޤްބޫލު ފަރާތެކެވެ.

ރިޔާސީ އިންތިހާބަށް ހަތަރު ދުވަހަށް ވެފައިވާއިރު، ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންނައި ދިވެހި ފިލްމީ ދާއިރާގެ ތަރިން އަންނަނީ އެމްޑީޕީއާއި ގުޅެމުންނެވެ. އަދި ކ. މާލޭގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ”  ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ލަވަކިއުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް ހާއްސަ ލަވައެއްވެސް ވަނީ އެ ޖަލްސާގައި ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: