ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މައްޗަށް، ގައުމުގެ މިނިވަންކަން އިސްކުރަންޖެހޭ: ޑރ މުއިއްޒު

ޑރ މުއިއްޒު ކެމްޕެއިންގައި ކާށިދޫއަށް. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މިނިވަންކަން، ތަރައްގީއަށްވުރެ އިސް ކުރަންޖެހޭކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގެ 93 ވަނަ ރަށް ކ ކާށިދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވޖެހިފައިވާ ކަންކަމަށްވުރެ ބޮޑަށް، ގައުމުގެ މިނިވަންކަން ދަމަހައްޓަންޖެހޭނެކަމަށެވެ. މިއީ ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދޭންޖެހޭކަމެއްކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ ނަމަވެސް އަލިއްމަ ބާރެއް ގައުމުގައި ނެތްކަމަށެވެ.

ގައުމު އޮތީ ހަމަޖެހިގެން ނުތިބެވޭ ހާލަތުގައިކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މިހާރު މިއޮތް ހާރިޖީ ސިޔާސަތު ކުރިއަށް ދާނެ ބޭނުން ނުވާކަމަށެވެ. ގައުމުގެ އަމިއްލަ ހަޒާނާއިންވެސް ފައިދާ ހޯދަނީ އެހެން ބައެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންަށް މި ފެންނަނީ އަޅުގަނޑުމެންގެ އަމިއްލަ ބާރެއް ނެތް ހިސާބަށް ދާތަން.

ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި ކާށިދޫއަށް. ފޮޓޯ: ޕީޕީއެމް

މިއަށްފަހު ކާށިދޫއަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ މިއީ ދަނޑުވެރިކަން ކުރިއަރާފައިވާ ރަށެއްކަމުން، އެކަން ކުރިއެރުވުމަށް އެހީތެރިވާނެކަމަށެވެ. ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައިވެސް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކާށިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަމަށްވާތީ، އެކަމަށް މަގުފަހިވާނެ މަޝްރޫއުތައްވެސް ކުރިއަށް ގެންދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގައުމުގެ އިގްތިސާދު ރަނގަޅުކޮށް، އިންވެސްޓަރުން ކާށިދޫއަށް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރަށު ފަޅުން ބިން ހިއްކައިގެން، ރިސޯޓެއް ތަރައްގީކޮށް، އޭގެން ރައްޔިތުންނަށް ފައިދާ ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަނގަޅު ފެންވަރުގައި މަގު ހެދުމުގެ މަޝްރޫއުއެއް މި ރަށުގައި ކޮށްދެއްވާނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ މި ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމަށެވެ. އަދި ކާށިދޫ ހޮސްޕިޓަލްގެ ފެސިލިޓީސްތައް އިތުރުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: