ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލިން ގާސިމަށް ހޫނު މަރުހަބާއެއް!

ޖުމްހޫރީ ޕާޓީގެ ކެމްޕެއިންހެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގަތުމުން ވިލިނގިލީގެ ރައްޔިތުން ގާސިމް އިބްރާހިމްއަށް ހޫނު މަރުޙަބާއެއް ދަންނަވައަފިއެވެ.

ވިލިނގިލީގެ ރައްޔިތުންނާއި މުޙާތަބްކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނަށް ހުރަސްއެޅުމަށް މިސަރުކާރުން އެމަނިކުފާނަށް ފިއްތުއްތަން ކުރިމަތިކުރުވި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މިފަހަރު ނުލިބުނުކަމަށެވެ. ގާސިމް ވިދާޅުވީ ވިލިގިލީގެ ބިން ހިއްކަމުންދިޔައިރު އެމަނިކުފާނު ސަރުކާރަށް ބާރުއަޅަމުންދިޔައީ ވިލިގިލީގެ ބިންހިއްކާއިރު އިންޓަނޭޝަލް އެއާޕޯޓެއް ހެދޭ މިންވަރަށް ބިންހިއްކަން ކަމަށެވެ. ކެބިނެޓުން އެކަން ނިންމާ އެގޮތަށް މަސައްކަތް ފެށިނަމަވެސް އެމަސައްކަތް ކުނިންމާ އޮތުމަކީ އެމަނިކުފާނު ނިހާޔަތަށް ހިތާމަކުރާ ކަމެއްކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވިލިގިލީގެ ރައްޔިތުންގެ އެއާޕޯޓްގެ އުންމީދު ފެއިލްކޮށްލީ ރައީސް ނަޝީދު ކަމަށެވެ. ގާސިމް ވިދާޅުވީ ވިލިނގިލީގެ ރައްޔިތުންގެ އުންމީދުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރިހަމަ ކޮށްދެއްވާ އެކި ސިނާއަތްތަކުގެ ވަސީލަތްތައް ގާއިމުކުރައްވާ ވަޒީފާތައް އުފައްދަވާ އާމްދަނީ އިތުރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އެޕާޓީގެ އިސް ލީޑަރުން ވަނީ އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރ އަލީ ހުސައިން ވިދާޅުވީ ‘ ގުލްޒާރުގައި ނަޔާމަގޭ.. ނޫރާނީ މާ ފޮޅޭނެޔޭ ‘… މިހެން ކިޔާފައި އެމްޑީޕީން ގުލްޒާރަކަށް ގެންދަން އުޅުނު ގައުމު ގެންގޮސްފައިމިވަނީ ކޮން ހިސާބަކަށްތޯ ސުވާލު ކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ މިގައުމުގެ މިނިވަންކަމަށް މިއަދު ވަރަށް ބޮޑެތި ނުފޫޒުތައް ފޯރުވަމުންދާ ކަމަށާއި ގައުމުގެ ކަންކޮޅުގައި އިންޑިއާ ސިފައިން ވަޒަންވެރިވެ، އިންޑިއާގެ ނުފޫޒު ހުރިހާ ދާއިރާއަކަށްވެސް ފޯރުވަމުންދާ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ސެޕްޓެމްބަރު 9 ގެ ވޯޓަކީ މިނިވަންކަމާއި އަޅުވެތިކަމާ ދެމެދު ނެގޭ ވޯޓެއްކަމަށާއި ރައީސް ސާލިހަށް ދެވޭ ވޯޓަކީ އަޅުވެތިކަމަށް ދެވޭ ވޯޓެއްކަމަށެވެ. އަލީހުސައިން ވިދާޅުވީ ކެންޑިޑޭޓް ލިސްޓަށް ބަލާއިރު މިގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުން ސަލާމަތްކޮށްދެވޭފަދަ ތަޖުރިބާކާރު ލީޑަރެއްގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު ކޮޅަށްޖަހާދޭނެ ލީޑަރަކީވެސް ގާސިމް އިބްރާހިމް ކަމަށް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ސްޕެސަލް އެޑްވައިޒަރ އަޙްމަދު ނިހާން ވެސް ވާހަކަފުޅޫދައްކަވާ ވިދާޅުވީ ގާސިމް ވަނީ މިގައުމުގެ ރައްޔިތުންނަށްޓަކައި 26.1 މިލިއަން ޑޮކަރު މިހާތަނަށް ހޭދަކުރައްވާފައި ކަމަށެވެ. ވެރިކަމެއް ނުކުރައްވާ އަމިއްލަ މަސައްކަތުން އެއްކުރި ފައިސާއިން މިވަރުގެ ހޭދައެއްކުރެއްވި އެހެން ރައްޔިތަކީ ކޮބައިތޯ ނިހާން ސުވާލު އުފެއްދެވިއެވެ. ނިހާން ވިދާޅުވީ ގާސިމްގެ އިހުސާންތެރިކަމާއި ރައްޔިތުންގެ ހައްގުގައިވެ ވަޑައިގެންނެވި ގުރުބާނީއާ އެކު އެމަނިކުފާނަށް މިފަހަރު ރައްޔިތުންގެ ވޯޓް ހައްގުކަމަށާއި ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަށް ގާސިމް އިބްރާހިމްއަށް ފުރުޞަތު ދެއްވުމަށެވެ.

ވިލިގިލީގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ އެޑްވައިޒަރ އަދި ދެކުނު ކެމްޕޭން މެނޭޖަރ އިލްހާމް ވެސްވަނީ ވާހަކަ ފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވީ ވިލިގިލިން މީގެ ކުރީގެ އިންތިހާބު ތަކުގައިވެސް ގާސިމް އިބްރާހިމްއަށް ވަނީ ގިނަ އަދެއްގެ ރައްޔިތުން ވޯޓު ދެއްވާފައި ކަމަށެވެ. މިފަހަރުވެސް ވިލިގިލިން ގާސިމް އިބްރާހިމްއަށް ވޯޓުދެއްވާނެ ކަމަށް އުންމީދު ކުރާކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެރަށުގެ ބިން ހިއްކައިގެން މިރަށުގައި އެއާޕޯޓް ތަރައްޤީކުރުމަށް ނިންމި ކަމަށާއި ގާސިމްއަކީ ވިލިގިލީގެ ތަރައްޤީއާ މެދު ރަގަޅު ތަޞައްވަރެއް އަބަދުވެސް ގެންގުޅުއްވާ ބޭފުޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: