ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދު؛ ރަސްގެތީމުގައި އޭޓީއެމްއަކާއި ޕާކެއް!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ދައުރެއްގައި ރ. ރަސްގެތީމުގައި އޭޓީއެމަކާއި ކުޑަކުދިންގެ ޕާކެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ ކެމްޕެއިނަށް ރަސްގެތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަށަށް ވަޑައިގަތުމުން މޫސުމަށް ބެލުމެއްނެތި ރައްޔިތުން ނިކުމެ މަރުހަބާ ދެންނެވީ ފޯރިއާއި ޖޯޝުގައިކަމަށެވެ. އެހެންކަމުން ވޯޓުގައިވެސް އެ ޖޯޝާއި ފޯރި ދައްކައި، މި އިންތިޚާބު އެއްބުރުން ނަގާނެކަމާމެދު ޝައްކެއްނެތް ކަމަށެވެ. އަދި ރައްޔިތުން އެ މަނިކުފާނު އިންތިޚާބު ކުރީ މި ރާއްޖޭގައި ހަމަޖެހުމާއި އުފަލާއެކު ދިރިއުޅެވޭނެ ރައްޔިތުންތަކަށް ފުރުސަތު ހޯއްދަވައިދެއްވުމަށް ކަމަށާއި، މިއަދު ރައްޔިތުން އެ ދުވަހު އެދުނު ހަމަޖެހުމާއި އުފާވެރިކަމަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް މި ސަރުކާރުގެ ސިޔާސަތަކީ، މިނިވަންކަމާއި ހަމަޖެހުމާއެކު ބަސް ބުނެވޭނެ ރައްޔިތުންތަކެއް އުފައްދަވައި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްގީގޭ މަޝްރޫއުތައް ތަފާތުކަމެއްނެތި ގެނެސްދެއްވުންކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރު ދައުލަތުގައި އެއްވެސް ވަރަކަށް ފައިސާ ނެތްކަމަށާއި އަދި ދައުލަތައް ފައިސާ ވަންނާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބޭރުގެ އެކި ގައުމުތަކުން ލޯނާއި އެހީގެ ގޮތުގައި ލިބުނު ފައިސާއިން ޚަރަދުކޮށް، މިއަދު މިވަނީ އަމާން އައްސޭރިއަކަށް އާދެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: